ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ ރައީސުންނަށްދޭ އިނާޔަތާ ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭ: މެމްބަރު މުހައްމަދު

Mp Mohamed ismail
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކުރީގެ ރައީސުންނަށްދޭ އިނާޔަތާ ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މެމްބަރު މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ބައްދަލުވުމަކަށް ފަހު، ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވައި މާލޭގެ މަގުތަކަށް ނުކުންނަވައި ފުލުހުންގެ ސަފުތައް ފަޅާލުމުން އެބޭފުޅުންނަށް ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މުޒާހަރާގައި ތިން ރައީސުންގެ ބެލެނިވެރިކަމުގެ ދަށުން އެމްޑީޕީއާއި ޕީއެންއެފުން ފުލުހުންނަށް ހުރަސްއަޅަމުންްގެންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާއެކު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު ވިދާޅުވީ ކުރީގެ ރައީސުންނަށް ދައުލަތުން، އިނާޔަތާއި ސަލާމަތާއި ރައްކާތެރިކަން ދެއްވަނީ ދައުލަތުގެ އެންމެމަތީ ވެރިޔާކަމުގެ މަގާމު އަދާކޮއްފަވާތީ ޝަރަފްވެރިކަމާއެކު ދިރިއުޅެވޭނެގޮތް ތަނަވަސް ކޮއްދިނުމަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާކަމަށެވެ.

HajjCop_ads
Advertisement

އެހެނަސް ފެންނަމުން ދަނީ އާންމު އިޖުތިމާއީ މިންގަޑުތަކާ ހިލާފަށް ތަކުރާރުކޮން އެކިއެކި ސިފަސިފައިގައި ރައްޔިތުންގެ ތެރެއިން މަދުބަޔަކު މާލޭގެ މަގުތަކައްނެރެ ބައިބައިކޮއް ފިތުނަވެރި ކުރުވަން މަސައްކަތްކުރާތަން ކަމަށް މެމްބަރު ވިދާޅުވި އެވެ.

މި އަމަލުތައް ބަލައިނުގަނެވޭނެކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވީ ރާއްޖޭގެ މުޖުތަމައުގައި އިޖުތިމާއީ އަދާލަތު ނަގަހައްޓާ ދެމެހެއްޓުމަކީ އެންމެންގެ މައްޗައް އޮތް ޒިންމާއެއް ކަމަށެވެ.

އެހެންކަމުން ކުރީގެ ރައީސުންނަށްދޭ އިނާޔަތާ ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ވިދާޅުވި އެވެ.

މީގެ ކުރިންވެސް އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާކޮށް އެބޭފުޅުންގެ ވާޖިބު އަދާކުރުމަށް އެކި ގޮތްތައް ހުރަސްއަޅާފައިވާއިރު، ގައުމުގައި ވެރިކަން ކުރެއްވި ތިން ރައީސުން މުޒާހަރާގެ އިސް ސަފުގައި ހުންނަވައި މިފަދަ ގޮތަކަށް ފުލުހުންނާ ދިމާކުރެއްވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ހެޔޮ ވެރިކަމެއް ކޮށްދެއްވާ ހަމައެކަނި ލީޑަރަކީ ރައީސް ޑރ. މުޢިއްޒު: މުޙައްމަދު އިސްމާޢީލް

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި