ހއ. ކެލާގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އެރަށަށް ގެންގޮސްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
STELCO@STELCOMALDIVESހއ.ކެލާގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް މިހާރު ވަނީ އެރަށަށް ގެންދެވިފައި. މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ކެލާގެ ކަރަންޓު …

ސްޓެލްކޯ އިން ވިދާޅުވީ، މި ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު، ކެލާގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރަށުގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެއެވެ.
ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އައު ޖަނަރޭޓަރު ސެޓުތައް ފޯރުކޮށްދީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
މި އައު ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، ކެލާއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.