ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ހޯދުމަށް ހުށަހެޅި ގަރާރުގެ ސްޕޮންސަރުންގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ

8u
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށާއި އީރާނުން ޚަލީޖުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ގަރާރު ކޯ-ސްޕޮންސަރ ކުރުމާ ގުޅޭގޮތުން މިއަދު ހެނދުނު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޚަލީޖު ގައުމުތަކާއި އުރުދުންއާ އެކު އޮތް ބަދަހި ގުޅުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގަތައް ހިމާޔަތްކުރުމަށް ދޭ އެއްބާރުލުމެއް ކަމުގައިވެސް މިނިސްޓްރީން ހާމަކުރިއެވެ.

މި ގަރާރާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ ކަނޑުގެ ގާނޫނުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އާދަކާދަތަކާއި، އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ލިބިދޭ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ. މީގެ އިތުރުން، މި ގަރާރުގެ މާނަކުރުންތަކުން ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތަށާއި ސަރަހައްދީ އިހްތިސާސަށް އަސަރުކުރާފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމާމެދު ވަކިގޮތަކަށް އަމަލުކުރުމުގެ ހައްގު ދިވެހިރާއްޖެއަށް ލިބިގެންވާ ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

HajjCop_ads
Advertisement

މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށާއި، އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން ގޮވާލައެވެ. ޚާއްސަކޮށް، ދުނިޔޭގެ ސަޕްލައި ޗޭނަށް ކުރަމުންދާ އަސަރުތަކާއި، އިގްތިސާދީ ގޮތުން ބަލިކަށި ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ދިވެހިރާއްޖެއިން ފާހަގަކުރެއެވެ. އެންމެހާ ފަރާތްތަކުންވެސް ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމްކޮށް، މަޝްވަރާގެ ރޫހުގައި ހައްލު ހޯދުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

މި ގަރާރުގައި ހުށަހަޅާފައިވަނީ، ހޮރްމޫޒު ކަނޑުއޮޅީގައި އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށާއި، ގަވާއިދާ ޚިލާފަށް ނަގާ ޓެކްސްތައް ހުއްޓުވުމަށެވެ. އަދި އުޅަނދުތަކަށް ނުރައްކާވާ ގޮތަށް އަޅާފައިވާ މައިންތައް ހުރި ތަންތަން ހާމަކުރުމަށް އީރާނަށް ގޮވާލާފައިވެއެވެ. ނަމަވެސް، އީރާނުން މި ގަރާރު ސިފަކޮށްފައިވަނީ އެމެރިކާއިން އިސްނަގައިގެން އީރާނާ ދެކޮޅަށް ބައިނަލްއަގްވާމީ ތާއީދު ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

އީރާނުގެ އދ. މިޝަންއިން ބުނެފައިވަނީ، މި ގަރާރަށް ތާއީދުކުރާ ގައުމުތަކުން އެ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ އޭގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ އެއްވެސް އުޒުރަކުން ނުވަތަ ޑިޕްލޮމެޓިކް ކަވަރަކުން، އެމެރިކާގެ އަގްރެޝަންތަކަށް މަގުފަހިކޮށްދޭ ގައުމުތައް ޒިންމާދާރުކަމުން ބަރީއަ ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Foreign ministry

ސަޢުދީއަށް ޙޫޘީ ހަނގުރާމަވެރިން ދިން ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

Foreign ministry

ފަލަސްޠީނުގެ ބިންތަކުން ރައްޔިތުން ނެރުމަށް ޔަހޫދީންކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

Foreign ministry

ނޭޕާލްގައި ކާރިސާ ހިނގި ސަރަހައްދުގައި ދިވެއްސަކު ހުރިކަމުގެ ރިޕޯޓެއް ނެތް: ޚާރިޖީ ވުޒާރާ

MNDF

ގެއްލުނު ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީތެރިކަން ހޯދަނީ