ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ ދިވެހި ކޮންސުލް ޖެނެރަލްގެ މަޤާމަށް ބަދޫރާ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ބަދޫރާއަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމެވެ. މިއީ ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
Ministry of Foreign Affairs 🇲🇻@MoFAmvMs. Badoora Saeed appointed as the new Consul General of Maldives in Jeddah, Saudi Arabia
📃 Press Release | is.gd/xchBrz



މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ބަދޫރާ ހުންނެވީ ޚަރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ.
1988ވަނަ އަހަރު ޚާރިޖީ ވުޒާރާއާ ގުޅިވަޑައިގެންނެވި ބަދޫރާއަކީ ޕްރޮޓޮކޯލް، ކޮންސިއުލަރ އަދި ދޭދޭ ޤައުމުތަކުގެ ގުޅުންތަކުގެ ދާއިރާއިން ދިގު މުއްދަތެއްގެ ތަޖުރިބާ ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ.
މީގެ ކުރިން އޭނާ ވަނީ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ އަދި ހެޑް އޮފް ޗާންސަރީގެ މަޤާމާއި، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީގެ މަޤާމުގެ އިތުރުން ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުވެސް ފުރުއްވާފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޢިރުތިޝާމް ވަނީ ބަދޫރާއަށް މަރުޙަބާ ދަންނަވައި، އޭނާގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޤާމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.