"ވޯލްޑް ޓްރެވަލް އެވޯޑްސް 2026"ގެ 2 ކެޓަގަރީއަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ ނޮމިނޭޓްވެއްޖެއެވެ.
ވީއައިއޭ ނޮމިނޭޓްވެފައިވަނީ، "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026" އަދި "ވޯލްޑްސް ލީޑިންގ އެއާޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026"ގެ ކެޓަގަރީއިންނެވެ.
Velana Airport@VelanaAirportA big moment for our island gateway. ✈️✨
Velana International Airport is nominated for two World Travel Awards 2026 titles.
Show your support and cast your votes! 💙
✈️ worldtravelawards.com/vote-for-velan…
💙 worldtravelawards.com/vote-for-velan…
Let’s make this a moment to celebrate! 🏆 htޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް ބިއުރޯ އާއިޝަތު ރިޝްފާ ވިދާޅުވީ، މި ކެޓަގަރީތަކަށް ވީއައިއޭއަށް ވާދަކުރުމުގެ ފުރުސަތު ލިބުނީ، މި އަހަރު ރާއްޖޭގައި ބޭއްވި ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026" ވީއައިއޭއިން ހާސިލުކޮށްފައިވާތީ ކަމަށެވެ.
ރިޝްފާ ވިދާޅުވީ، ވޯލްޑްސް ލީޑިންގ އެއާޕޯޓަށް ވީއައިއޭ ނޮމިނޭޓްވެފައިވާއިރު، މި އެވޯޑުގައި ވީއައިއޭއިން ވާދަކުރަނީ ބައިނަލްއަޤުވާމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުތަކާއެކު ކަމަށެވެ. އެގޮތުން ޖުމްލަ 21 އެއާޕޯޓަކާ ވީއައިއޭއިން ވާދަކުރާނެއެވެ.
މީގެ ތެރޭގައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓު ހިމެނެއެވެ. އަދި އެޓްލާންޓާގެ ހާޓް ސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޒިއުރިކް އެއާޕޯޓު ފަދަ ބޮޑެތި އެއާޕޯޓުތައް ހިމެނެއެވެ.
"ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީން ޖުމްލަ 12 އެއާޕޯޓަކާއެކު ވީއައިއޭއިން ވާދަކުރާނެއެވެ.
ރިޝްފާ ވަނީ، މި 2 އެވޯޑަށް ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވާތީ ވިހާވެސް ގިނަ ފަރާތްތަކުން ވޯޓުލުމަށް އެދިފައެވެ. ރިޝްފާ ވިދާޅުވީ، މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރާ ކޮންމެ ވޯޓަކީ، 2 ވޯޓުގެ ގޮތުގައި ބަލާ ކަމަށެވެ. އެހެންކަމުން މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވޯޓުލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.
ވޯލްޑް ޓްރެވެލް އެވޯޑަކީ، މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ދޭ އެވޯޑެކެވެ. ރާއްޖެއިން ކޮންމެ އަހަރަކުވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެކި ދާއިރާތަކުން އެވޯޑު ހާސިލުކުރެއެވެ. އެގޮތުން މި އަހަރުވެސް ރާއްޖެއިން ވަނީ، 7 ވަނަ ފަހަރަށް ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަނަށް ނޮމިނޭޓްވެފައެވެ. ރާއްޖެއިން ވަނީ، 6 ފަހަރަށް މި އެވޯޑު ކާމިޔާބުކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.