ހއ. ފެށިގެން އދ. އަތޮޅު އަށް ރީނދޫ ސަމާލު ނެރެފިއެވެ.
Maldives Meteorology@MetMaldivesYellow Alert for torrential rain and thunderstorms.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ރީނދޫ ސަމާލު ގއ. އަތޮޅާއި ގދ. އަތޮޅަށް ރޭ 22:00 އިން ފެށިގެން ރޭ ދަންވަރު 1:30 އާ ހަމައަށް ނެރެފައެވެ. ރީނދޫ ސަމާލުގައި ވަނީ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މީގެކުޑަ އިރުކޮޅެއް ކުރިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ. ހުދު ސަމާލުގައި ވަނީ އެ ސަރަހައްދަށް ގުގުރުމާއެކު، ބޯކޮަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ދެކުނަށް މޫސުން ގޯސްއިރު، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރު ވިއްސާރަ ކުރަނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނާތީއެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.