ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

43
TTH_Ads
STO_Ads
Advertisement

ޝިއާއު މުހައްމަދު ސައީދުގެ އަނިޔާވެރި މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ސާބިތުވި ދައުވާތަކަކާ ގުޅިގެން ފަހުން އިއްވި ތިން އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލައި ހަށިގަނޑު ކޮށާލާފައި އޮއްވާ ފެނިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ހ. ޝީރީން ވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ.

މި މައްސަލައިގައި ކުށް ހިނގި ސަރަހައްދުން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ސްކޭޓަރެއް ކަމަށްވާ އަލީ ޝާހިލްއެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި، ކެނަބިސް ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ. ދައުލަތުން އުފުލި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއްގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

އޭޕްރީލް 14 ވަނަ ދުވަހު އޭނާގެ މައްޗަށް ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ސިއްރުކޮށްފައިވާ ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

މެއި 6 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ މައްސަލައިގައި ހިމެނޭ ދައުވާތަކުގެ ތަފްސީލުތައް އެ ކޯޓުންވެސް ވަނީ ސިއްރުކޮށްފައެވެ. އަދި މި އިސްތިއުނާފު ބަލައިގަތުމާމެދު ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި އިސްތިއުނާފަކީ ހަމައެކަނި ހުކުމް އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެކެވެ. ޝާހިލްގެ މައްޗަށް އުފުލާފައިވާ އެހެން ދައުވާތަކުގެ ޝަރީއަތް ދަނީ ކުރިއަށެވެ. އޭގެ ތެރޭގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމާ ގުޅިގެން 2022 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހުން ފެށިގެން ޝާހިލް ހުރީ ފުލުހުންގެ ބަންދުގައެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި ޝިއާއު މަރުވުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ. އަދި އޭނާ މަރުވެފައިވަނީ ޝާހިލް ދިން އަނިޔާތަކުގެ ސަބަބުން ކަމަށް އެ ރިޕޯޓުން ހާމަވާކަމަށް ފުލުހުން ބުނެފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

88887

ސީލައިފްގެ އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލްވެއްޖެ

Big tkaqua9heab6zthfms1rjk8sd

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Io

ޝާހިލްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި