ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Big tkaqua9heab6zthfms1rjk8sd
ހައިކޯޓު — ފޮޓޯ: ޕީއެސްއެމް
TTH_Ads
STO_Ads
Advertisement

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަނަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކުރުމާ ގުޅިގެން، އެ ކުންފުނީގެ ދެ އެޕާޓްމަންޓަކުން މުއާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ނެރެފިއެވެ.

ދިވެހިރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި، މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމާއެކު، އަމީން އެވެނިއުގައި ހިމެނޭ 1205އޭ އަދި 1206އޭ އެޕާޓްމަންޓުން މުއާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ދައުލަތުން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ހައިކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގެ ތަހުގީގު މަރުހަލާއާއި ދަށު ކޯޓުގެ ޝަރީއަތުގެ މަރުހަލާގައިވެސް މި މުދަލުން މުއާމަލާތުކުރުން ހުއްޓުވުމަށް އަމުރު ނެރެފައިވާ ކަމަށެވެ. އަދި ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން މުދަލުގެ އަސްލު ގެއްލޭފަދަ މުއާމަލާތެއް ކޮށްފިނަމަ، ދައުލަތުން އެދިފައިވާ ފަރުވާ ހޯދައިދިނުމުގެ ފުރުސަތު ބަންދުވެދާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވާތީ، އެ ދެ އެޕާޓްމަންޓުގެ މިލްކުވެރިކަމަށް ބަދަލެއް އައިސްފާނެފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

MMA_Ads
HajjCop_ads
Advertisement

މި ވަގުތީ އަމުރު ނެރެދެއްވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ބެންޗަކުންނެވެ. ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވައިދިނުމަށެވެ.

އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާކޮށްފައިވަނީ، 14 އޭޕްރީލް 2021 ގައި ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 1،919،950 ޑޮލަރުގެ ތެރެއިން 1،000،000 ޑޮލަރު އެ ކުންފުންޏަށް ދޫކުރުމުން އެ ފައިސާއާ ހަވާލުވެފައިވާތީއެވެ. އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލައި، ނަގުދު ފައިސާއިން ދިންކަން ދެއްކުމަށް ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެގޮތުން ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ޝާހިލްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި

43

ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި

43

ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

Igmh

ދ. މީދޫ ކައުންސިލްގެ ރައީސް ކަނޑައެޅުމަށް އަލުން ވޯޓު ނަގަން ޖެހިއްޖެ