ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި

43
STO_Ads
TTH_Ads
Advertisement

ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ހޫދުގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.

ހޫދަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އޭނާ ހައްޔަރުކުރީ، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާއި ދިވެހި ފުލުހުން ގުޅިގެން 2022ގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ހޫދުގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި, ފޮޓޯއާއި, ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގަފާނެކަމުގެ އިންޒާރުދިނުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

އެ މައްސަލައިގައި ހޫދުގެ މައްޗަށް ވަނީ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ދައުވާ ސާބިތުވެ، 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. އޭގެ އިތުރަށް، ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި ކުރެހުމާއި ފޮޓޯ ގެންގުޅުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

މި މައްސަލައިގައި ކުރިން އޭނާގެ މައްޗަށް ކުރި، އިންޓަނެޓު މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި، އިންޓަނެޓު މެދުވެރިކޮށް ޓެރަރިސްޓު ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

88887

ސީލައިފްގެ އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލްވެއްޖެ

Big tkaqua9heab6zthfms1rjk8sd

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Io

ޝާހިލްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި