ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

988
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގައި 2019 ވަނަ އަހަރު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންއަށް ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރަން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

އދ. މާމިގިލީ، އުމުރުން 59 އަހަރުގެ ގާސިމް ހަސަންގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ އަނދިރި ސަރަހައްދެއްގައި އޮންނަ ރީތިގަސްމަގުންނެވެ. ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި އަދުހަމް މި އަމަލު ހިންގާފައިވަނީ ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.

މި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ފުރަތަމަ އެ ދައުވާއަށް އެއްބަސްވުމަށްފަހު، ފަހުން އަދުހަމް ބުނެފައިވަނީ ހަމަލާ ދެވުނީ މަސްތުވެގެން ހުރި ވަގުތެއްގައި ގަސްދެއް ނެތި ކަމަށެވެ. ނަމަވެސް، 16 އޭޕްރީލް 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ، ގާސިމްގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ ފަސް ދަރިންވެސް އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށް އެދިފައިވާތީއެވެ.

HajjCop_ads
MMA_Ads
Advertisement

މަރުގެ ހުކުމްތައް ކަށަވަރުކުރުމަށް ދައުލަތުން މަތީ ކޯޓަށް ހުށަހަޅަންޖެހޭ އުސޫލުގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ ގާސިމް މަރާލުމުގެ ނިޔަތް އޮތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ކަނޑައެޅުން ރަނގަޅު ކަމަށެވެ. އިންސާނެއްގެ މަސްގަނޑު ފަސޭހައިން ކަފައިލެވޭ ފަދަ ވަޅިއެއް ގަނެ، ކަރަށް ހަމަލާދިނުމަކީ މީހަކު މަރާލުމުގެ ފުރުސަތު ބޮޑު ކަމެއްކަން ސާބިތުވާކަމަށް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ. މި ރައުޔަށް ބެންޗުގައި ދެން ތިއްބެވި އިސް ފަނޑިޔާރު ޖަމީލް މޫސާ އާއި ފަނޑިޔާރު ހުސައިން މަޒީދު ވެސް ވަނީ ތާއީދުކުރައްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ސީލައިފްގެ އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލްވެއްޖެ

Big tkaqua9heab6zthfms1rjk8sd

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Io

ޝާހިލްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި

43

ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި