ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީލައިފްގެ އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލްވެއްޖެ

88887
TTH_Ads
STO_Ads
Advertisement

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ހަވާލުނުކުރި މައްސަލައިގައި އައްމަޓީގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ. މިއަދު މެންދުރުފަހަށް ތާވަލުކުރި މި މައްސަލައިގެ އަޑުއެހުން ކެންސަލްވި ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ބާއްވަން ތާވަލުކުރި އަޑުއެހުންވެސް ވަނީ ކެންސަލްވެފައެވެ. ނަމަވެސް، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުން ވަނީ ލައިވްކޮށް ގެނެސްދީފައެވެ. އަދި އެ ދުވަހުގެ އަޑުއެހުން ތިން ގަޑިއިރަށްވުރެ ގިނައިރަށް ކުރިއަށް ދިޔަކަން ފާހަގަކުރެވެއެވެ.

ހައިކޯޓުގައި ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި އައްމަޓީ ވަނީ ދައުލަތުގެ ވަކީލުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނެފައިވަނީ ޝަރީޢަތުގެ މާލަމުގައި ވާހަކަދައްކަންވާނީ ކަން ހިނގާފައިވާ ގޮތަށް އަދި ލިޔެކިޔުންތަކުގައިވާ ގޮތަށް ކަމަށެވެ. އަދި މަކަރާއި ހީލަތް ހަދައިގެންނާއި އޮޅުވާލައިގެން ދޮގުހަދައިގެން ވާހަކަދެއްކުމުގެ ޖާގަ ނޯންނާނެކަމަށް އޭނާ ވަނީ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައެވެ.

MMA_Ads
HajjCop_ads
Advertisement

މި މައްސަލައިގެ އިސްތިއުނާފު ފެށުނުއިރުއްސުރެ، އައްމަޓީގެ ޕާސްޕޯޓް އޮތީ ހައިކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ، މުޙައްމަދު ޝަނީޒު ޢަބްދުﷲ އަދި ޢަބްދުލްމާނިއު ޙުސައިންއެވެ. މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަނީޒްއެވެ. ފުރަތަމަ ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big tkaqua9heab6zthfms1rjk8sd

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Io

ޝާހިލްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި

43

ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި

43

ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި