ސައިކަލެއް ކަހާލައިގެން ރޭ ހިނގި ނުރައްކާތެރި ހާދިސާގައި ނިޔާވީ އިންޑިއާގެ 50 އަހަރުގެ ރައްޔިތެއްކަން އެނގިއްޖެ އެވެ.

ސިނަމާލެ ބްރިޖު ހައިވޭގައި ރޭ އެކްސިނޑެންޓް ހިނގީ 10:12 ހާއިރު އެވެ. ހާދިސާގައި ނިޔާވީ އިންޑިއާއަށް ނިސްބަތްވާ ދެވާ ރަޖަން ޔެސޫ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެއެވެ.

އިޝްތިހާރު އިޝްތިހާރު

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އިންޑިއާގެ މީހާ މަސައްކަތްކުރީ އައިލެންޑް އޭވިއޭޝަންގެ ޑްރައިވަރެއްގެ މަގާމުގަ އެވެ. އެކްސިޑެންޓް ހިނގީ، އޭނާ ޑިއުޓީ ނިންމުމަށް ފަހު އެއާޕޯޓުން މާލެއަށް ދަނިކޮށެވެ.