ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ޓަވަރުތައް ކައިރީ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދިޔަ ކުއްޖާ ނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:00 ހާއިރު އެވެ. ނިޔާވީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ.
އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗު ހޮސްޕިޓަލް އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމުގެ ވަގުތެއްގައި އެވެ.
ދަރިފުޅު ނިޔާވިކަން އެ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައި އެވެ.

މި އެކްސިޑެންޓު ހިނގީ ރޭ 9:00 ހާއިރު ވިނަރެސް 7 ކައިރީގައި އޮތް ކާރަކަށް އަރަން މަގު ހުރަސްކުރި މީހެއްގެ ގައިގަ އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. ނިޔާވި ކުއްޖާ އިނީ ސައިކަލުގެ ފަހަތުގައިއެވެ.










ކިޔުންތެރިންގެ ހިޔާލު