ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 5 މިސްކިތެއް ހިމެނުމަށް ހުށަހަޅާފައިވޭ: ހީނާ

Heena
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 5 މިސްކިތެއް ހިމެނުމަށް ހުށަހަޅާފައިވާ ކަމަށައި ރާއްޖޭގައި ހުރި ސަގާފީ އަސާރީ ތަކެތި މުޅި ދުނިޔެއަށް ފެންނާނެހެން ޑިޖިޓަލައިޒްކުރުމަކީ މުހިންމު ކަމެއްކަމުގައި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަންނާއި ސަޤާފަތާއި ތަރިކަ ރައްކާތެރި ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވާ ވަޒީރު ވިދާޅުވީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 5 މިސްކިތެއް ހިމެނުމަށް ހުށަހަޅާފައިވާކަމަށެވެ. އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެފަދަ ތަންތަން ރަނގަޅަށް ބެލެހެއްޓުމަށް މުވައްޒަފުންނާއި ވަޞީަލަތްތައް ހޯދުމަކީ ވަރަށް ބޮޑު ޚަރަދު ހިނގާކަމެއްކަމަށެވެ.

ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނިގެން ދިޔުމަކީ ފަންނީ ގޮތުންނާއި މާލީ ގޮތުންވެސް އެތަންތަން ބެލެހެއްޓުމަށާއި އެހެނިހެން ކަންތައްތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން އެހީ ހޯދުމަށްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. މިއީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މިތަންތަން ހިމެނުމަކީ ރާއްޖެއަށްވެސް ލިބޭނެ ބޮޑު ފަޚުރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ރާއްޖޭގެ ގަލު ވަޑާމުން ބަހައްޓާފައި ހުރި މިސްކިތްތަކެއް. އެމިސްކިތްތަކަކީ ރާއްޖޭގެ އިސްލާމީ ޙަޞާރަތް އުފެދިގެން އައި ގޮތް ދައްކުވައިދޭ ކަންތައްތަކެއް އެބަހުރި. މިފަދަ އެތައް ކަމެއް ޕްރޮމޯޓް ކުރެވި، ރާއްޖޭގެ ސަޤާފަތާއި އޭރު ކާބަފައިން ކުރައްވާފައިވާ މަސައްކަތްތައް ދައްކާލުމަށް ލިބޭ ފުރުޞަތެއް މިއީ.” ހީނާ

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މުއްސަނދި ސަޤާފާތާއި ތާރީޚާއި ތަރިކައިގެ މަޢުލޫމާތުތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ހުރި ސަގާފީ އަސާރީ ތަކެތި މުޅި ދުނިޔެއަށް ފެންނާނެހެން ޑިޖިޓަލައިޒްކުރުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ މުއްސަނދި ސަޤާފާތް ދިރުވައި އާލާކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އުވެމުންދާ އާދަކާދަތަކާއި ފަންނުތައް ދިރުވަން މަސައްކަތްތަކެއް ކުރެވިއްޖެނަމަ ނެތެމުން އުވެމުންދާ ބައެއްކަހަލަ މަސައްކަތްތައް ދިރުވާ އާލާކުރެވިދާނެކަމަށެވެ. އަދި އެފަދަ ފަންނުތަކުގެ އެހީގައި އާމްދަނީ ލިބޭނެ ގޮތްތަކެއްވެސް ފަހިވެގެންދާނެކަމަށެވެ.

ސަރުކާރުން މިހާރުވެސް ސަޤާފީ ބައެއްކަހަލަ އާދަކާދަތައްވެސް ދިރުވާ އާލާ ކުރުމުގެ މަސައްކަތްތައްވެސް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ހަނދާނުގައި ހުރި ރާއްޖޭގެ ތަރީޚާ ސަޤާފަތާ ގުޅޭ ވާހަކަތައް އެއްކުރުމުގެ މަސައްކަތްތައްވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202609121117361789237056.6345

ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީން: ހީނާ

Heena

ޕީއެންސީގެ މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ: ހީނާ

Heena

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ހީނާ

Heena

ދިވެހި ބަހުން ވާހަކަދައްކަން ކުދިން ޖެހިލުންވާތީ ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ