އީޖާދީ އަދި ފިކުރީ ވިސްނުންތަކެއްގެ މަތީގައި ޤައުމެއް ދެމެހެއްޓުމުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އެޅިފައިވަނީ ކުއްޖާ ތަރުބިއްޔަތު ކުރުމާއި އުނގަންނައިދިނުމުގައިކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވީ ވިލާ ކޮލެޖްގެ މިއަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގައި ހިންގުމުގެ ދާއިރާ، އުނގަންނައިދިނުމާއި ކިޔަވައިދިނުމުގެ ދާއިރާއިން ސަނަދު ޙާޞިލްކުރި ދަރިވަރުންގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހީނާ ވިދާޅުވީ، ޤައުމަށް ބޭނުންތެރި މުހިންމު ދާއިރާތަކަކުން ދިވެހިން ދަސްވެނިވާ ކޮންމެ ހަފްލާއަކުން އަބަދުވެސް މުޅިޤައުމަށް އުފާވެރިކަން ގެނެސްދޭކަމަށެވެ. ސަބަބަކީ ޤައުމެއްގެ ދިރުން ބިނާވަނީ ޢިލްމީ އަދި ފިކުރީ ސިނކުޑިތަކެއް އެބައެއްގެ ތެރޭގައި އުފެދެމުންދާ މިންވަރެއްގެ މައްޗަށްކަމަށާއި ދަސްވެނިވާ ދަރިވަރުންނަށް އަބަދުވެސް ޤައުމު އުފަލާއެކު މަރުޙަބާ ކިޔާކަން ވަޒީރު ފާހަގަކުރިއެވެ.

ޤައުމެއްގައި ޢިލްމީ ރޫހެއް ބިނާކޮށް ފިކުރީ ވިސްނުންތަކެއް ބިނާކުރެވެނީ އެ ޤައުމެއްގެ ތަރުބަވީ ނިޒާމާއި ތަޢުލީމީ ނިޒާމުގެ ތެރެއިންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އުފަންވެ ބޮޑުވަމުން އަންނަ ކުޑަ ކުއްޖެއްގެ ސިކުނޑި ބޮޑުވުމުގައި އެންމެ މުހިންމު އެއް ދައުރު އަދާކުރަނީ އެކުއްޖަކު ތަރުބިއްޔަތުވަމުން އަންނަ މާހައުލާއި އަދި އުނގަންނައިދޭ އުނގެނުންތަކުގެ މައްޗައްކަމަށެވެ. ޤައުމެއްގައި ޢިލްމީ ރޫހެއް އުފައްދައި އީޖާދީ އަދި ފިކުރީ ވިސްނުންތަކެއްގެ މަތީގައި ޤައުމެއް ދެމެހެއްޓުމުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އެޅިފައިވަނީ ކުއްޖާ ތަރުބިއްޔަތު ކުރުމާއި އުނގަންނައިދިނުމާއި މި ދާއިރާގެ ބޭފުޅުންގެ އިސްތަށިފުޅުގައިކަމަށް ވިދާޅުވިއެވެ. ޖީލުން ޖީލަށް ޤައުމެއް ނަގަހައްޓައިދޭ ބަޔަކީ އެޤައުމެއްގައި ތިއްބަވާ އެދުރުންކަމަށް ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު
ދުނިޔެ ދުންހައި ހަޟާރަތެއްގައި އެގޮތުގައި ކުރިއަރާއި ދިޔައީ އެބައެއްގެ ތެރޭގައި ތިއްވެބި އެދުރުން، ޖީލުތަކެއް މި ބިންގަލުގެ މަތީގައި ތަރުބިއްޔަތުކޮށް އުނގަންނައިދިނުމުގެ ސަބަބުން. މިއީ ދުނިޔޭގެ ތާރީޚު ދައްކަމުން އަންނަ އެންމެ ބޮޑު ހަޤީގަތްވެސްމެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވަލީދު ވިދާޅުވީ ފުރިހަމަ އަދި ފާގަތި ޤައުމެއް ބިނާކުރުމަށްޓަކައި ފުންކޮށް ވިސްނައި، ދުރު ވިސްނޭ އަދި އަމިއްލަ ފަރުދީ ވިސްނުމަށްވުރެ ބޮޑަށް މުޅި ޤައުމުގެ މަސްލަހަތު އިސްކުރާނެ ބަޔަކު ބޭނުންވާކަމަށެވެ.

ފިކުރީ ވިސްނުންތަކާއި ޢިލްމީ ސިކުނޑިތަކެއް އުފަންކޮށްގެން ހަމައެކަނި ފުދެންނެތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޤައުމަކަށް ބޭނުންވަނީ އަހްލާޤީ އަދި އިންސާނީ ކަރާމަތައް ހުރުމަތްތެރިކޮށް ހިތާ އެކަކު އަނެކެއްގެ ޚިޔާލުތަކަށް އިހްތިރާމްކުރާ ކޮންމެ ކަމެއްގެވެސް ހަގީގަތް ބޭލުމާއި، އިހްތިރާމްކުރާ ތަރުޒީބީ ސިފަތައް ޤައުމެއްގައި އަށަގަންފައި ހުރުންކަމަށެވެ.