ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާޒީފާގެ މާހައުލުގައި އެންމެ މުހިންމު އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު: ހީނާ

STO_Ads
TTH_Ads
Advertisement

މިއަދުގެ ވާޒީފާގެ މާހައުލުގައި އެންމެ މުހިންމު އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރުކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިގޮތަށް މިދާޅުވީ، އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ގޮތުން، 11 އޮގަސްޓު 2026 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންނަށް ދަސްވެގެންދާ ހުނަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރަނގަޅު ތަޤުރީރެއް އެކުލަވާލުމަށް ޓަކައި އެކުދިން ގިނަ މައުލޫމާތުތަކެއް އެއްކުރަންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިކަމުގެ ސަބަބުން އެ ކުދިންގެ މައުލޫމާތުގެ ހަޒާނާ މުއްސަނދިވެގެންދާކަން ފާހަގަކުރައްވާފައެވެ.

HajjCop_ads
Advertisement

އަދި އެއްކުރާ މައުލޫމާތުތައް އަތުރައި، ވަކި ގޮތަކަށް ތަރުތީބުކުރަންޖެހުމުގެ ސަބަބުން ކުދިންގެ ފާޑުކިޔުމުގެ ފިކުރު ތަރައްޤީވެ، ވިސްނުންތޫނުކަން އިތުވެ، ކަންކަން ހައްލުކުރުމުގެ ޤާބިލުކަން ވެސް އިތުރުވެގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދުގެ ވަޒީފާގެ މާހައުލުގައި ވެސް އެންމެ އެދޭ އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު. މި ހުންރު ހުންނަ ކުއްޖަކަށް، މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ވެސް ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްވެފަވޭ. ހީނާ

ބޮޑެތި ކާމިޔާބީތައް ހާސިލުކުރުމަކީ މުއާމަލާތުކުރުމުގެ ހުނަރު ހުންނަ ކުދިންނަށް ވަރަށް ފަސޭހަ ކަމެއް ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.

ދުނިޔޭގެ ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ، އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ލީޑަރުންނަކީ، އަސަރުގަދަ ކުޅަދާނަ ވާހަކަދެއްކުންތެރިން ކަމަށެވެ. އަދި ދިވެހި ތާރީޚުގައި ނަން މަޝްހޫރު ބައެއް ވާހަކަދެއްކުންތެރިންގެ ނަން ފާހަގަކުރެއްވިއެވެ. މުޙައްމަދު އަމީންދީދީއާއި، މުޙައްމަދު ޖަމީލްދީދީއާއި އިބަރާޙިމް ޝިޙާބު ފަދަ ބޭފުޅުންގެ ނަން ފާހަގަކުރައްވާ ވަޒީރު ވަނީ އެ ބޭފުޅުންނަށް ތައުރީފުކުރައްވާފައެވެ.

މި މަހުގެ 11 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ފަށާފައި ވަނީ 325 ބައިވެރިންނާއެކުއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ބ ބުއްރާސް
އާނ އެތަނަކީ މަސައްކަތް ކުރާތަނެއްނޫން އެހެންވީމަ ރަގަޅު ދައުލަތުން ހިންގާ ކޯހަކީވެސް މުއާމަލާތްކުރަން ދަސްކޮށްދޭ ކޯހައް ހަދަންވީ ޑަކުޓަރުކަމެއް ނަރުސްކަމެއް ޓީޗަރުކަމެއް ކިޔަވާނެކަމެއްނެތް

ގުޅުންހުރި

Heena

މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން: ހީނާ

Heena

މިނިވަން 60 ފާހަގަކުރަން ހަރަދުކުރީ 4.1 މިލިއަން ރުފިޔާ

Heena

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 5 މިސްކިތެއް ހިމެނުމަށް ހުށަހަޅާފައިވޭ: ހީނާ

Heena

ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަންޏެއް ނުވޭ: ހީނާ