ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ ބޭރުގެ އިންވެސްޓްމަންޓް: ހީނާ

Heena
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބިޔަ ބޭރުގެ އިންވެސްޓްމަންޓް ކަމަށް ސިފަކުރައްވައި، އެ މަޝްރޫޢަށް ފާޑުކިޔާ ފަރާތްތަކަށް މީސްމީޑިއާ މެދުވެރިކުރައްވައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު، މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ހީނާ މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައި “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އޭނާ ވަނީ މަޝްރޫޢުގެ ސަބަބުން ދައުލަތަށް ލިބޭނެ މާލީ ފައިދާތަކާއި، ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅުވައިގެން މައިގަނޑު ދެ ނުކުތާއަކަށް އަލިއަޅުވާލައްވާފައެވެ.

ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ އާމްދަނީގެ ދިހައެއް އިންސައްތަ ބިމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ ތިން ބިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ. މީގެ އިތުރުން ކޮންމެ ޕްރޮޕަޓީއަކުން ހިންގާ ކޮންމެ މުޢާމަލާތަކުން ހަތަރެއް އިންސައްތައިގެ ފީއެއް ސަރުކާރަށް ދައްކަންޖެހޭނެކަން އޭނާ ހާމަކުރެއްވިއެވެ. މިއީ ކުރިން ރާއްޖޭގެ ބިންތަކާއި ފަޅުތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމުން ހަމައެކަނި ބިމު ކުލި ލިބޭ ގޮތަށް އޮންނަ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ. އެއްފަހަރާ ލިބޭ ކުޑަ ފައިދާއަކަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަންފާ ގޯސްކަމަށް ދައްކަން އުޅުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މަޝްރޫޢަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން، ޒަޔަނިސްޓުންނާ ދެކޮޅަށް އެންމެ ވަރުގަދަ ނިންމެވުމެއް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރެއްވުމަށް ނިންމެވި ނިންމެވުން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އަޑުނުއުފުލާ މިންވަރަށް މި ސަރުކާރުން ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލަމުންދާކަން ހާމަކުރެއްވިއެވެ. އެހެންކަމުން، ޔަހޫދީންނާ ގާތް ގުޅުމެއް ބޭއްވުމަށް ކުރިން ފާޅުގައި ގޮވާލި ފަރާތްތަކުން މިހާރު ދައްކާ ވާހަކަތަކާމެދު ވިސްނާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މަޤުޞަދެއް ޙާޞިލުކުރުމަށްޓަކައި ކުރީގެ ރައީސުންނާއި ސިޔާސީ ބޭފުޅުން ކަންކަން އޮޅޭ ގޮތަށް ވާހަކަދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ހީނާ ސިފަކުރެއްވިއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށް ނުވަދިހަ ނުވަ އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ޤާނޫނު ބަދަލުކުރެއްވި ކުރީގެ ރައީސުން މިފަދަ ގޮތަކަށް ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

ރަސްމާލެ މަޝްރޫއުން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅަނީ

supreme-court

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

FotoJet

ޔާމީނަށް ޢަބްދުއްރަޙީމްގެ ހޫނު ރައްދެއް: ރަސްމާލެ މަޝްރޫޢު ލަސްތަކެއް ނުވެ ފެށޭނެ!

449662 3 53fd565af92887910123f3d7abaa218cc8c028bc

ރަސްމާލެ މަޝްރޫޢުން ދިވެހިންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ