ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ

އީރާނު ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް: އެމެރިކާގެ ވެރިންގެ ވިސްނުން ވަރަށް ކޮށިކަމަށް ވިދާޅުވި
TTH_Ads
STO_Ads
Advertisement

އީރާނުގެ ތެޔޮ ޓޭންކަރުތަކަށް ހުރަސްއަޅައި، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރިޔަނުދީ ހުއްޓުވަން އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔު އަގުބޮޑުވުން ނޫންކަމެއް ނުވާ ކަމަށް ވިދާޅުވެ، އީރާނު ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަލާމާތް ކުރައްވައިފިއެވެ.

އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވީ، އީރާނުގެ ތެޔޮ ބޭރުކުރިޔަ ނުދީ އެމެރިކާއިން ހުރަސްއެޅުމަކުން އީރާނުގެ ތެޔޮވަޅުތައް ފުރެން ގާތްވެސް ނުވާ ކަމަށެވެ.

މުހައްމަދު ގާލިބާފް ރައްދު މިދެއްވީ، އީރާނުން ތެޔޮ ބޭރުނުކުރެވި، އީރާނުގެ ތެޔޮ ވަޅުތައް ފުރި ފަޅައިގެން ދާނޭކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާފައިވާ ވާހަކަތަކަށެވެ.

HajjCop_ads
MMA_Ads
Advertisement

ގާލިބާފް ވިދާޅުވީ، ޓްރަމްޕް އެހެން ބުނިތާ ތިންދުވަސްވެސް ވެއްޖެ ކަމަށާއި، އެއްވެސް ވަޅެއް ފުރި ގޮވައިގެން ނުދާ ކަމަށާއި، އަދި ތިރީސް ދުވަސްވިޔަސް އީރާނަށް އެކަން ދެމެހެއްޓިދާނެ ކަމަށެވެ.

ގާލިބާފް ވިދާޅުވީ، ބްލޮކޭޑްގެ ސަބަބުން އީރާނަށް ޕްރެޝަރ ބޮޑުވާނެ ކަމަށް ބުނާ އެމެރިކާގެ ވެރިން އެކަމުގައި އަމަލު ކުރަމުންދަނީ ތާކުންތާކުނުޖެހޭ ލަފާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބުދަދުވަހު ބުނެފައިވަނީ، ބޮންއެޅުމަށްވުރެ ބްލޮކޭޑްގެ ސަބަބުން އީރާނަށް ލިބެމުންދާ ގެއްލުންތައް ބޮޑު ކަމަށާއި، ބްލޮކޭޑް މާ ރަނގަޅު ކަމަށެވެ.

އެކަން ދިގުލައިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ކުރުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައްވަނީ މީގެ ހަތަރު އަހަރު މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއް ލިބެނީ 120 އެމެރިކާ ޑޮލަރަށެވެ. އެއީ، ކުރިން ހުރި އަގަށް 8 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ 2022 ގެ ފަހުން ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ.

އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ތެޔޮ ފީފާއެއްގެ އަގު ދެން އަރައިގެންދާނީ 140 އެމެރިކާ ޑޮލަރަށް ކަމަށާއި، އަގުތައް މައްޗަށް އަރައިގެންދަނީ އެމެރިކާގެ އަމަލުތައް ހުރިގޮތުން ކަމަށެވެ. އެކަމުން އީރާނަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމަށް ގާލިބާފް ވިދާޅުވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އަވަސް މުސްތަގްބަލެއްގައި ވާހަކަތައް ބޭއްވޭނޭ ކަމަށް ބެލެވިފައެއް ނުވެއެވެ. ޓްރަމްޕް މިހާރު ހުރީ އީރާނުގެ ބްލޮކޭޑް އެތައް މަސްދުވަހަކަށް ދަންމާލުމަށް ނިންމައިގެންނެވެ.

އީރާނުން ބުނަމުންދަނީ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާނީވެސް އަދި އެމެރިކާއާ އެއްވެސް ވާހަކައެއް ދައްކާނީވެސް އެންމެ ފުރަތަމަ ކަމަކަށް އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން އަޅައިގެންއުޅޭ ބްލޮކޭޑް އުވާލި އިރަކުން ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް