ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ބޮޑުހިލައިގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ހޯދަނީ

DSC
TTH_Ads
STO_Ads

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ޒަމާނުއްސުރެ ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި އަދި ޚަރަދުކުޑަ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފު ވަނީ މިކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްގިރުމުން ރައްކާތެރިވުމަށް ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ ބޮޑުހިލަ ޖެހުމުގެ އުސޫލު ކަމަށާއި، ނަމަވެސް މިއީ ވަރަށް އަގުބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން މީގެ ހައެއްކަ އަހަރު ކުރިން ކުރި ދިރާސާތަކަށް ބަލާއިރު، މޮބިލައިޒޭޝަން ކޯސްޓާއެކު ބޮޑުހިލައިގެ އެންމެ ލީނިއާ މީޓަރެއް ޖެހުމަށްވެސް 6،000 އާއި 7،000 އާ ދެމެދުގެ ޑޮލަރު ހަރަދުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Maldivian_Ads

މިހާރު އިންފްލޭޝަން ހުރި މިންވަރަށް ބަލާއިރު، މި އަދަދުތައް އަދި މިއަށްވުރެވެސް ބޮޑުވުން އެކަށީގެންވާކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

ބޮޑު ހިލައިގެ ބަދަލުގައި ‘ނޭޗާ ބޭސްޑް ސޮލިއުޝަންސް’ ނުވަތަ ގުދުރަތީ ނިޒާމުތަކުގެ އެހީގައި ގޮނޑުދޮށް ހިމާޔަތްކުރެވޭނެ ގޮތްތައް ދެނެގަތުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއިން އުފެދޭ ކުނި ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދިރާސާކުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު