ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޯޓުގެ ހުރުމަތް ކެނޑި މީހަކު ނުވަ މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

Io
TTH_Ads
Maldivian_Ads
STO_Ads
Advertisement

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި ހުރުމަތް ކެނޑުމުގެ އަމަލުތަކެއް ހިންގުމާ ގުޅިގެން، އއ.ތޮއްޑޫ، ރަތްވިލާގެ، ޢަލީ އަދުހަމް ނުވަ މަސް ދުވަހަށް ޖަލަށްލާން އެ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޢަލީ އަދުހަމްގެ މައްޗަށް މި ހުކުމް އިއްވީ ޝަރީއަތުގެ މަޖިލީހުގައި ބޭއަދަބީކޮށް ވާހަކަ ދައްކައި، ޝަރީއަތަށް ގޮންޖެހުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ކޯޓުން ތަކުރާރުކޮށް އޭނާއަށް ނަސޭހަތްތެރިވެ، އެ އަމަލުތައް ހުއްޓާލުމަށް ފުރުސަތު ދިނުމުން ވެސް އޭނާ އެކަން ގަބޫލުކޮށްފައެއް ނުވެއެވެ. މިއީ ޝަރީއަތުގެ މަޖިލީހުގެ އަދަބު ހިފެހެއްޓުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށް ކޯޓުން ބުނެއެވެ.

ކޯޓުގެ ހުރުމަތް ކެނޑުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅޭ ފަދަ އަމަލެއްގެ ގޮތުގައި ގާނޫނީ ގޮތުން ބެލެވެއެވެ. ކޯޓުގެ ގަދަރާއި ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކުގެ ތެރޭގައި މަޖިލީހުގެ ތަރުތީބު ގެއްލުވާލުން، ފަނޑިޔާރަށް ނުވަތަ މުވައްޒަފުންނަށް ބަދުބަސް ބުނުން، އަދި ކޯޓުގެ އަމުރުތަކަށް ގަސްދުގައި ނުކިޔަމަންތެރިވުން ހިމެނެއެވެ. ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން، މިފަދަ ހާލަތްތަކުގައި އިތުރު ދައުވާއަކާ ނުލައި، އެ ވަގުތު ފަނޑިޔާރަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވެއެވެ.

HajjCop_ads
Advertisement

ކޯޓުގެ ހުރުމަތް ކެނޑުމުގެ ހުކުމް އިއްވި އިރު، ޢަލީ އަދުހަމް ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ އެހެން ދެ މައްސަލައެއްގެ ހުކުމް ކުރުމަށެވެ. އެއީ އަމީނިއްޔާ ސްކޫލު އިމާރާތް ކުރަމުން ދިޔަ ސަރަހައްދަށް ހުއްދަނެތި ވަނުމުގެ މައްސަލައަކާއި، އެ ތަނުން 18 ބިޑި ވަގަށް ނެގި މައްސަލައެވެ. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މި ދެ މައްސަލައިގައި ވެސް މިއަދު ވަނީ ހުކުމް ކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

Saeed

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި