2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކަންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ނަޝީދު މިކަން ހާމަކުރެއްވީ ފައްޔާޒާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ފައްޔާޒު ވަނީ ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ބޭނުންވާކަމަށް ވިދާޅުވެ، އެކަންކަން ހާމަކުރައްވާފައެވެ.

އެގޮތުން ފައްޔާޒަށް ވެރިކަން ލިބިއްޖެނަމަ އޭނާ ހުންނަވާނީ ސަރުކާރުގެ ވެރިޔާގެ ގޮތުގައި ކަމަށާއި ދައުލަތުގެ ވެރިޔާގެ ގޮތުގައި އިތުރު ބޭފުޅަކު ހުންނަވާނެ ކަމަށެވެ. އެ ބޭފުޅަކަށް ނަޝީދު ގެންނަވަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ނަޝީދު ވިދާޅުވީ އެ ބަދަލުތައް ގެނައުމަށް މަގުފަހިކުރުމުގެގޮތުން ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވައެވެ.