ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިންނަށް ތެޔޮލިބުމުގައި ދަތިކަމެއް ނެތް، ތެލުގެ ކަންކަން އަންނަނީ ރަނގަޅަށް މެނޭޖުކުރަމުން: ޝިޔާމް

shiyam minister
STO_Ads

މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް ނޫޅޭކަމަށާއި، އެކަމާ ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިފަދަ އުނދަގޫ ހާލަތެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ. ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެ ބުރަ މަސްވެރިންނަށް ނުޖައްސާ ސަރުކާރުން ދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖުކުރަމުންނެވެ. އަދި މިކަމަކީ މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Maldivian_Ads

ސަރުކާރުން މިހާރުވެސް ދަނީ މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. ވަޒީރު ވިދާޅުވީ، މަސްވެރި ސިނައަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މަސްވެރިންގެ ކަންކަން މިހާލަތުގައިވެސް ގާތުންބަލާ މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް ހޯދުމަށް މަސައްކަތް ކޮށްދެމުންދާ ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

 

މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބަލާއިރު މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shiyam

މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރަނީ މަސްވެރިން މަހަށް ނިކުމެވޭނެކަން ކަށަވަރުކުރުން: ޝިޔާމް

HFdG5IjbIAA0Oq6

މަސްވެރިކަމުގެ ސިނާޢަތަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

masverin

ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް ދޫކުރި ފައިސާގެ ޢަދަދު 88 މިލިޔަނުން މަތި

88887

89 މަސްވެރިއަކަށް ލޯނު ދޫކޮށްފި