ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޅޮހީގައި އައު އައިސްޕްލާންޓެއް މިއަހަރު ޤާއިމްކުރާނަން: ވަޒީރު

shiyam minister
STO_Ads
TTH_Ads
Advertisement

ނ. އަތޮޅު ޅޮހީގެ އައިސްޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް އެ ރަށުގައި އައު އައިސްޕްލާންޓެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ޅޮހީގައި މިހާރު ހުރި އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ރަށުގައި މުޅިން އައު އައިސްޕްލާންޓެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހުރި އައިސްޕްލާންޓު މަރާމާތުކުރާނަމަ، އައު އައިސްޕްލާންޓެއްގެ އަގު ހޭދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ކުރިން މިފްކޯއިން ހިންގަމުންއައި އައިސްޕްލާންޓުތައް ފެނަކައާއި ހަވާލުކުރުމުން، އައިސްޕްލާންޓުގެ މަސައްކަތްތައް ނޭނގޭ ބަޔަކު އެ އައިސްޕްލާންޓުތައް ބަލަހައްޓަން ތިބުން ކަމަށެވެ. އޭގެ ސަބަބުން އައިސްޕްލާންޓުތަކަށް އަޅާނުލެވުމުން ދިމާވި މައްސަލަތަކުން އަދިވެސް އަރައިނުގަނެވޭ ކަމަށާއި ޅޮހީ އައިސްޕުލާންޓަކީ އެފަދަ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ޅޮހީ އައިސްޕްލާންޓަށް އައު ކޮމްޕްރެޝަރެއް ގެންދެވިއްޖެ. ޖެންސެޓެއް ގެންދެވިއްޖެ. އޭގެ މުޅި ރެފްރިޖަރޭޝަން ނިޒާމް ބަދަލުކުރެވިއްޖެ. އަދިވެސް ފުލް ކެޕޭސިޓީގައި އައިސް ނުއުފެއްދޭ.

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޅޮހީ އައިސްޕްލާންޓަށް ކުރިމަތިވެފައިވާ މައްސަލައަށް މިއަހަރު ތެރޭ ދާއިމީ ހައްލެއް ގެނެސްދެއްވާނެ މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 12 at 09.35.07

އިނގިރޭސި ޓެރިފް ކަނޑާލުމުން ރާއްޖޭގައި މަސް ގަންނަ ވާދަވެރި ބާޒާރެއް އުފެދިއްޖެ: ޝިޔާމް

Sea Cucumber (Thelenota anax) (8499582873)

އެމްބަރފިޝް ހުއިފިލަނޑާ ބޭރުކުރުމަށް މަޝްވަރާކޮށްފި

HO21DlvbkAAFf9E

ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓުމަށް ދިރާސާތައް މުހިންމު: ޝިޔާމް

masverin

މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކުރި