ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓުމަށް ދިރާސާތައް މުހިންމު: ޝިޔާމް

HO21DlvbkAAFf9E
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

6 ވަނަ މެރިން ސައިންސް ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ހިތްގައިމު ކަނޑުގެ ދިރުންތައް ލިބިފައިވާ އެއް ޤައުމު ކަމަށެވެ. އަދި ކުލަގަދަ މުރަކައިގެ ފަރުތަކާއި ބޮޑެތި ކަނޑުގެ ދިރުންތަކަކީ ރާއްޖޭގެ އިގުތިޞާދާއި މުޖުތަމައުތައް ދަމަހައްޓައިދޭ އަސާސް ކަމަށެވެ. އެތައް އަހަރެއްގެ ދިރާސާތަކަށް ފަހުވެސް ކަނޑުތަކުން އައު ހޯދުންތައް ފެންނަމުން ދިއުމަކީ، އަދިވެސް ދެނެގަންނަންޖެހޭ ކަންތައްތައް ގިނަކަން ހަނދާންކޮށްދޭ ހެއްކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

 

ޝިޔާމްގެ ވާހަކަފުޅުގައި ރާއްޖެއަކީ މި ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހިފައިވާ އެއް ޤައުމު ކަމަށް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތަައް ދެނެގަތުމަށް، ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން މިހާރު ކުރިއަށްވުރެ ބޮޑުވެފައިވާކަން ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން މިވަނީ ކުރިއަށްވުރެ ބޮޑުވެފައި. އެހެންކަމުން ކަނޑުތަކާއި ފަރުތާކާ ގުޅޭގޮތުން އިތުރު މައުލޫމާތުތައް ހޯދައި، މުޖުތަމައުތަކަށް މި ބަދަލުތަކަށް ހޭނުމަށް އެހީތެރިވެދޭނެ ސައިންޓިފިކް ހައްލުތައް ހޯދަންޖެހޭ.

ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުން އިސްކަންދެނީ ސައިންސްގެ އަލީގައި ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް އިގުތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް ކަމަށެވެ. މި ސިމްޕޯޒިއަމްގައި ހިއްސާކުރެވޭ ޢިލްމަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HSEwq3va4AAfplB

މިދިޔަ ހަފްތާގައި އިތުރު 4 ކަނދުފަތި އަޅައިފި

Main 20250410

މިހާތަނަށް 99 ކަނދުފަތި އަޅައިފިން: މަސްވެރިކަމާބެހޭ ވުޒާރާ

Big iCDZwK2ARA7LGveVa265INqYM

ބުޅާ ގެންގުޅެން ޚާއްޞަ ރަށެއް ތަރައްޤީކުރަނީ

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް