ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖާއި ޢުމްރާވެރިންނަށް ޚާއްސަ މެޑިކަލް ކްލިނިކެއް މައްކާގަައި ހުޅުވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ޙައްޖާއި ޢުމްރާވެރިންނަށް ޚާއްސަ މެޑިކަލް ކްލިނިކެއް މައްކާގައިވަނީ ޤާއިމުކޮށްފައެވެ. މިކްލިނިކަށް 2 އަހަރުވެގެންދާއިރު މިކްލިނިކާއެކު މައްކާގައި އުޅޭ ކޮންމެ ދިވެއްސަކަށްވެސް ޞިއްޙީ ފަރުވާ ލިބިގެންދެއެވެ.

ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ޞިއްޙީގޮތުން އާންމުކޮށް މިދިމާވާ ކަންކަމަކީ ހުމާއި ރޯގާގެ އުނދަގޫތަކެވެ. މިފަދަކަންކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ ބަލި ބޮޑުނުވެ އަވަހަށް ބަލިން އަރައިގަތުމަށް ކުރެވޭ މުހިއްމުކަމެކެވެ. ހަމައެއާއެކު ޚަރަދުގެ ގޮތުން ބަލާއިރުވެސް މިއީ އެހެން ޤައުމެއްގައި ދިވެހީންނަށް އުފުލަންޖެހިފައި އޮތް ބޮޑު ތަކުލީފެކެވެ. އެހެންކަމުން ޖެނެރަލް ކްލިނިކްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް މައްކާގައި ދިވެހީންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިވަނީ ޤާއިމުކޮށްފައެވެ.

ދިވެހިންނަށް އަބަދުވެސް ރަނގަޅުވާނީ ދިވެހި ޑޮކްޓަރުންކަމަށްވުމުން ޙައްޖު ޢުމްރާއާއި ދިމާކޮށް މައްކާއަށް ދިއުމުގެ ފުރުސަތު ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އޮންނަނީ ހުޅުވާލާފައެވެ. ޙައްޖު ކޯޕަރޭޝަންގައި ޤާއިމުކުރެވިފައިވާ މެޑިކަލް ޕޫލްގައި ރަޖިސްޓްރީވުމުން ދިވެހި ޑޮކްޓަރުންނަށާއި ނަރުހުންނަށް މިދަތުރުތަކުގައި މައްކާއަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

HajjCop_ads
Advertisement

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓޭޓް ފާމާއާ ޙައްޖު ކޯޕަރޭޝަން ގުޅިގެން ޙައްޖުވެރިންނަށް ބޭސް ފޯރުކޮށްދެނީ

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

Hajj & Umra

ޙައްޖުވެރިން އެނބުރި އަންނާތީ ހުމާއި ރޯގާއަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޙައްޖުވެރިންގެ ދެވަނަ ގްރޫޕު 262 ހައްޖާޖީންނާއި އެކު ރާއްޖެ އައުމަށް ފުރައިފި