ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖަށް ދިޔުމަށް ރައްޔިތުން އަތުން ދައްކަންޖެހޭ އަގު ކުޑަކުރުމަށް މިދަނީ މަސައްކަތްކުރަމުން: ޑރ. ޝަހީމް

Dr Shaheem
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ އަގު ކުޑަކުރުމަށް ޕްލޭނެއް ހަދާ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

“ޙައްޖުގެ އަގު ހެޔޮ ކުރުމަށް އަޅުގަނޑު މިދަންނަވަނީ ރައްޔިތު މީހާ އަތުން ދައްކަންޖެހޭ ބައި މަދުކުރުން، ލުއިކޮށްދިނުމަށްޓަކާ. އެހެންކަމުން މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރުދުވަހަށް މިކަމަށް ޕްލޭނެއް ހަދައިގެން މަސައްކަތްކުރަން އަޒުމް ކަނޑައަޅައިގެން އަނެއްކާވެސް ސިޔާސަތުތަކެއް ކަނޑައަޅާފަ މިވަނީ.” ވަޒީރު ޑރ. ޝަހީމް

ޙައްޖު ކޯޕަރޭޝަނުން މިހާރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ 69,965 ރުފިޔާއަށެވެ. މިއީ އެ ކޯޕަރޭޝަން އުފެދުނީއްސުރެ ޙައްޖަށް މީހުން ގެންދަމުން އައި އަގެވެ. ނަމަވެސް މި އަގު ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢަމާޒެކެވެ.

HajjCop_ads
Advertisement

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހަކަށް ދެވަނަ ފަހަރަށް ޙައްޖު އަދާކުރުމަށް ފުރުޞަތު ދޭ މުއްދަތު 10 އަހަރަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ. ދެ ޙައްޖު ދެމެދުގައި އޮންނަ މުއްދަތު އިތުރުކުރަން ނިންމީ އަލަށް ފަރުޟު ޙައްޖު އަދާކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙައްޖަށް ދިޔުމަށް ރައްޔިތުން އަތުން ދައްކަންޖެހޭ އަގު ކުޑަކޮށް، ޙައްޖުގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގަކީ މީގެ ވަރަށް ގިނަ ދުވަސްތަކެއް ކުރިން ކަނޑައަޅާފައިވާ އަގެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒިރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އަތުން މިހާރުދައްކަމުންދާ އަދަދުގެ %50 ނެގުންކަމަށާއި ޙައްޖު ކޯޕަރޭޝަންގެ ތެރޭގައި ފައިސާ ޖެނަރޭޓްކުރެވޭނެ އިޤްތިޞާދީގޮތުން ވަޞީލަތްތައް ޤާއިމްކުރުމުން ކާމިޔާބުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ރަނގަޅު ގޮތުގައި ޙައްޖުގެ ކިއުނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްކަމަށެވެ.

އެހެން ޤައުމުތަކުގައިވެސް އެ ނިޒާމަށް ގެންނަމުންދާ ރަނގަޅު ބަދަލުތައް ރާއްޖެއަށްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސެހަ ކަމަކާއެކު ހައްޖުގެ ޚިދުމަތް ދިނުމާއި، އަވަހަށް އުމުރުން ދުވަސްވީ މީހުންނަށް ޙައްޖަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދާ އަގު ބޮޑުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އާންމުންގެ އެ ކަންބޮޑުވުން ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއު ކުޑަކުރުމަށާއި ޙައްޖަށް ގެންދިޔުމަށް އިތުރަށް ފައިސާ ނަގާ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ވަނީ ދީފައެވެ. ރަސްމީ ކޯޓާގެ އިތުރަށް ކޯޓާ ލިބިއްޖެނަމަ ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު އަމިއްލަ ޖަމާޢަތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބުންނެވެ.
ޙައްޖު ކޯޕަރޭޝަންގެ ކިއުގައި 14000އެއްހާ މީހުން އެބަތިއްބެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hajja and umra

ހަރުދަނާ ނިޒާމެއްގެ ތެރެއިން ޙައްޖަށް ދާ މީހުންގެ މެޑިކަލް ޗެކަޕް ހިލޭ ފޯރުކޮށްދޭނެ: ފިރުޒުލް

WhatsApp Image 2026 10 12 at 14.31.45

ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ އެންމެނަށް އަންނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ

Maldivian hajj

ރަމަޟާންމަހުގެ ފަހު 15ގައި އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ

WhatsApp Image 2026 10 07 at 10.27.44

ރައީސްގެ ވަޢުދާ އެއްގޮތަށް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށްދާ ހުރިހާ ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި