ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ

Oo
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވިއަންގެ ފަސިންޖަރުންގެ ތެރެއިން، އިންޑިއާގެ ޓްރިވަންޑްރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލްސް އެންޑް ރިސާޗް އިންސްޓިޓިއުޓުން ޑޮކްޓަރަށް ދައްކާ މީހުންނަށް ޑިސްކައުންޓް ލިބޭ ގޮތަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ޓްރިވަންޑްރަމަކީ މިހާރު ވެސް ގިނަ އަދަދަކަށް ދިވެހިން ބޭސް ފަރުވާއަށް ދާ ތަނެކެވެ.

މޯލްޑިވިއަނުން އެއްބަސްވުން ހެދި އަނަންތަޕޫރީ ހޮސްޕިޓަލަކީ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެކެވެ.

HajjCop_ads
Advertisement

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އެމްއޯޔޫގެ ބޭނުމަކީ ފަސޭހައިން ސިއްހީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމުގެ އިތުރުން ދިވެހި ފަސިންޖަރުންނަށް ސިއްހީ އެހީ ހޯދުމުގައި އިތުރު ފައިދާތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

ޓްރިވަންޑްރަމަކީ ޒަމާނީ ސިއްހީ ވަސީލަތްތައް ހުންނަ އަދި ގިނަ އަދަދަކަށް ދިވެހިން ފަރުވާ ހޯދުމަށް ދާ ސަރަހައްދީ ސިއްހީ ހަބެއް ކަމަށްވާތީ، މޯލްޑިވިއަންގައި ޓްރިވަންޑްރަމަށް ދަތުރުކުރާ ފަސިންޖަރުންނަށް މި އެމްއޯޔޫގެ ސަބަބުން ފައިދާތަކެއް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އަނަންތަޕޫރީ ހޮސްޕިޓަލާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން، އެތަނަށް ފަރުވާއަށްދާ އައުޓްޕޭޝަންޓުންނާއި އިންޕޭޝަންޓުންނަށް ވެސް ޑިސްކައުންޓުތަކެއް ލިބޭނެއެވެ.

މޯލްޑިވިއަނުން ބުނީ ހެލްތު ޗެކްއަޕް ޕެކޭޖުތަކުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި އައުޓްޕޭޝަންޓް ލެބޯޓްރީ އާއި ރޭޑިއޮލޮޖީ ހިދުމަތުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް އެމްބިއުލާންސްގައި ހިލޭ ދަތުރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Ali
Varah makaruveri hospital eh aananthapuri akee

ގުޅުންހުރި

88887

މޯލްޑިވިއަންއިން ކުޑަހުވަދުއަށް ޓިކެޓް ވިއްކަނީ، ކޮޅަކަށް 1,111 ރުފިޔާ

ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް މަޝްވަރާކޮށްފި

Maldivian

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު

700266931 1426164966205979 5314635858838116995 n

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފަށަނީ