ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

minister ameen
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދުނިޔޭގެ އެހެން އެއާލައިންތަކުން ޓިކެޓް އަގުބޮޑު ކުރިނަމަވެސް މި ސަރުކާރުން މި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ ޓިކެޓް ބޮޑުކޮށްފައިނުވާނެކަމަށް ފަތުރުވެރިކަމާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ‘އަހާ’ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

‘އަހާ’ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ވަޒީރު އަމީންއާއި ކުރައްވާފައިވާ ސުވާލަކީ އެތެރޭގެ އުދުހުމުގެ އަގުބޮޑުވުމުގެ ސަބަބުން ރަށްރަށުގައި ލޯކަލް ޓޫރިޒަމްއާއި ފަތުރުވެރިން ގެނައުމަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ. އެހެންކަމުން އެތެރޭގެ އުދުހުންތަކުގެ އަގު ތިރިވާނީ ކޮންދުވަހަކުންތޯ ވަނީ ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ފަތުރުވެރިކަމާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ހަޤީގަތަކީ ދުނިޔެއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން ތެލާއި ޖެޓް ފިއުލްގެ އަގުތައް ބޮޑުވެފައިވާކަމަށެވެ. މި ބަދަލުގެ ސަބަބުން ދުނިޔޭގެ ހުރިހައި އެއާލައިންތަކެއްގެ ޓިކެޓު އަގު ވަރަށް ބޮޑަށް އުފުލިފައިވާކަމަށެވެ. އެގޮތުން %30 އާއި %40 އާއި ދެމެދުގެ އަދަދަކަށް ބައެއް އެއާލައިންތަކުން އަގުތައް ބޮޑުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މިވީ 3 އަހަރު ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުކޮށްފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެން މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުމުގެ އެއްވެސް ޓިކެޓެއްގެ ނޫނިއްޔާމު އެއްވެސް ސެކްޓަރ އެއްގެ ޓިކެޓެއްގެ އަގު ބޮޑު ކޮށްފައެއް ނުވާނެ. އަދި ތެލުގެ އަގުތަކަށް އައި ބަދަލުތަކާއި ގުޅިގެންވެސް ޓިކެޓްގެ އަގު ބޮޑުކޮށްފައެއް ނުވާނެ. އަދި ޚާއްސަކޮށް ގެސްޓުހައުސްތަކާއި ޓުއަރިޒަމް ރިލޭޑެޓް ކަންތައްތަކަށް ދަތުރުކުރައްވަންޖެހިވަޑައިގަންނަވާ ބޭފުޅުންގެ ޚާއްސަކޮށް މިދެންނެވި ގެސްޓްހައުސް ޓުއަރިޒަމްގެ ޓިކެޓްތަކުގެ އަގުތައް މިހާރު ވާނީ ކުރިން ހުރި ވަރަށްވުރެވެސް އަގު ތިރިކުރެވިފައި.” ވަޒީރު

ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކީ ރާއްޖެއަށްވެސް އޭގެ އަސަރު ކުރާނެ ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުން ބަލަމުން ދަނީ ވީހާވެސް ބޮޑަކަށް މީގެ ސަބަބުން އާންމު ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތަކަށްކަމަށެވެ.

މި ބަދަލުތަކާއެކު އެތައް ފަހަރަކު ޓިކެޓުގެ އަގު ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް 3 ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކަން ބަދަލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް އަންގަވާފައިވަނީ ރައްޔިތުންނާއި، ގެސްޓްހައުސްތަކާއި އަދި ފަތުރުވެރިކަމުގެ ސިނާއަތައް ބަދަލެއް ނާންނާނެގޮތަށް ޓިކެޓްގެ އަގުތައް ބޮޑުނުކޮށް ކުންފުންޏަށް އާމްދަނީ ހޯދުމަށްކަމަށް ފަތުރުވެރިކަމާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި

Maldivian

ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް ބެންކޮކަށް