ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަން އެއަރލައިންގެ ދަތުރުތައް ސައުތު އެފްރިކާ އަދި ޖަރުމަނުވިލާތަށް

TTH_Ads
Maldivian_Ads
STO_Ads
Advertisement

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މިއަހަރުގެ ތެރޭގައި ސައުތު އެފްރިކާ އަދި ޖަރުމަނުވިލާތަށް ދަތުރުތައް ފެށުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ. މިއީ މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް، ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ސަރުކާރުގެ އަމާޒުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ޤައުމީ އެއަރލައިނަށް ވައިޑް-ބޮޑީ އެއަރކްރާފްޓެއް ގެނެވުނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330-200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.

މިހާރު މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ދަނީ ޗައިނާގެ ތިން މަންޒިލަކަށް ކުރަމުންނެވެ. އެއީ ބެއިޖިންގ، ޝަންގހާއި އަދި ޗެންގދޫއެވެ. އެއަރލައިނުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމަށާއި، ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށެވެ.

HajjCop_ads
Advertisement

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، މި އައު ދަތުރުތަކުގެ ސަބަބުން ސައުތު އެފްރިކާ އަދި ޖަރުމަނުވިލާތުން އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި މިއީ ދުރު މަންޒިލްތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވަގުތު ސަލާމަތްވާނެ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ރާއްޖެ ގެންނާނެ ކަމަށެވެ. މޯލްޑިވިއަނުން ވަނީ މިހާރު ޗައިނާގެ ތިން މަންޒިލަށް ކުރަމުންދާ ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑުކަމަށް ފާހަގަކޮށްފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 500,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި