ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޗް މަހުގެ ނިޔަލަށް އިތުރު 11 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ނިމޭނެ: އިހްސާން

Screenshot
Screenshot
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މާޗު މަހުގެ ނިޔަލަށްް އިތުރު 11 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ދަށުން ވަކިވަކި 153 މަރުކަޒެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ގިނައީ މުޅިން އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުގެ މަސައްކަތެވެ. އަދި ބައެއް ރަށްރަށުގައި މިހާރު ހުރި މަރުކަޒުތަކުގެ ޖާގަ ތަނަވަސްކޮށް އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

HajjCop_ads
Advertisement

މުޅީން އަލަށް މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ދެ މަޝްރޫއެއް ނިމި، އެ މަރުކަޒުތަކުން މިހާރު ރައްޔިތުންނަށް ހިދުމަތްދެމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް އިތުރު 11 މަޝްރޫއެއް ނިމި، އެ މަރުކަޒުތުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“މީގެ ތެރެއިން ދިވެހި ސަރުކާރާ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ފެށުނު ދެ ޕްރޮޖެކްޓެއް ނިންމައި އެ ދެ ޕޮލިސް ސްޓޭޝަނު ވާނީ ދިވެހި ރައްޔިތުންގެ ހިދުމަތަށް ނެރެފައި. މީގެ އިތުރުން މާޗު މަހުގެ ނިޔަލަށް އިތުރު 11 ޕްރޮޖެކްޓެއް ނިންމައި އެ ސްޓޭޝަންތައް ދިވެހި ފުލުހުންގެ ހިދުމަތުން ރައްޔިތުންގެ ހިދުމަތަށް ނެރޭނެ،” އިހުސާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައި ނެތް ހުރިހާ ރަށެއްގައި މިހާރު އެ ހިދުމަތްވަނީ ގާއިމުކޮށް ނިންމާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988(1)

ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙްޤީޤްކުރަމުން: އިޙްސާން

Igmh

ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރު އިޙްސާން އަދި ސީޕީ ބައްދަލުކުރައްވައިފި

90

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މާފުޅާވެއްޖެ: ވަޒީރު އިޙްސާން

Ihsaan

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ‘މައި ކެރިއަރ ޕޯޓަލް’ އިފްތިތާޙުކޮށްފި