ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޚާމަނާއީ އަނބިކަނބަލުން އަވަހާރަވެއްޖެ

193de7b6 f745 4600 941c e72b41bddf35
TTH_Ads
Maldivian_Ads
STO_Ads
Advertisement

އީރާނުގެ ކުރީގެ ރޫޙާނީ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީގެ އަނބިކަނބަލުން އަވަހާރަވެއްޖެ ކަމަށް އެ ޤައުމުގެ ރަސްމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ރަސްމީ މީޑިޔާ އިން ބުނީ އަވަހާރަވެފައިވާ ރޫޙާނީ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީގެ އަނބިކަނބަލުން މަންޞޫރާ ޚުޖަސްތާ ބާޤިރުޒާދާ މިއަދު އަވަހާރަވެފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މަންޞޫރާ ޚުޖަސްތާ އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ވައިގެ ޙަމަލާތަކުގައި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

HajjCop_ads
Advertisement

މަންޞޫރާ ޚުޖަސްތާ ބާޤިރުޒާދާ އުފަންވެވަޑައިގަތީ 1947 ވަނަ އަހަރު އީރާނުގެ މަޝްހަދުގައެވެ. އެކަމަނާއަކީ ދީނީ ގޮތުން ނުފޫޒުގަދަ އަދި އިޙްތިރާމް ލިބިގެންވާ ބޮޑު ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭކނބަލެކެވެ.

އެކަމަނާ ޢަލީ ޚާމަނާއީއާ ކައިވެނި ބައްލަވައިގަތީ 1965 ވަނަ އަހަރުއެވެ. އެ ދެމަފިރިންނަށް ހަ ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ.
އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީ އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހު، ތެހެރާނަށް އިސްރާއީލާއި އެމެރިކާއިން ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައެވެ.

މި ޙަމަލާތަކުގައި ޚާމަނާއީގެ އިތުރުން އެމަނިކުފާނުގެ އަންހެން ދަރިކަނބަލަކާއި، ދަނބިދަރިކަލަކާއި، ކާފަ ދަރިކަލެއްގެ އިތުރުން ޅީދަރިކަނބަލަކު ވެސް ވަނީ އަވަހާރަވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

އެމެރިކާގެ ފެހި ސިގުނަލް ލިބުމާއެކު ޣައްޒާއިން “އެންމެން ބޭރުކުރަން” މިތިބީ ތައްޔާރަށް: އިސްރާއީލު