އީރާނަށް އަސްކަރީ ހަމަލާދިނުމާ ގުޅޭގޮތުން އެމެރިކާގެ ވައިޓް ހައުސްގައި އެންމެފަހުގެ މަޝްވަރާތައް ބާއްވައިފިއެވެ.
މި މަޝްވަރާތަކުގައި އެމެރިގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން، ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތާއި، އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޗެއަމަން ޖެނެރަލް ޑޭން ކެއިންއާއި ކެބިނެޓުގެ އެހެން ބައެއް މެމްބަރުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި އީރާނަށް އަސްކަރީ ހަމަލާ ދިނުމަށް ހުރި އިޚްތިޔާރުތަކާ ގުޅޭގޮތުންނާއި، އެކަމުގެ ޕްލޭނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވަނީ މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ލަޝްކަރުގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
މި ބައްދަލުވުން މި ބޭއްވީ، އީރާނާ ދެކޮޅަށް އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް އަލުން ފެށުމަށް ވިސްނަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށެވެ.
އީރާނަށް އަސްކަރީ ހަމަލާ ދިނުމަށް ތައްޔާރުވަމުންދާތީ، ގަލްފްގެ ގައުމުތަކަށާއި، މެދުއިރުމަތީގެ އެހެން ގައުމުތަކަށްވެސް އެމެރިކާ ސަރުކާރުން އެކަން އަންގާފައިވާ ކަމަށް ޚަބަރުތައް ފެތުރިފައި ވެއެވެ.
އެއަރ ޑިފެންސް ސިސްޓަމްތަކާއި، ހަތިޔާރާއި އެނޫންވެސް އަސްކަރީ ސާމާނު އެމެރިކާއިން މިހާރުވަނީ ސަރަހައްދަށް ޖަމާކޮށްފައެވެ. އީރާނުގެ ރައްދު ހަމަލާތައް އަމާޒުވާނެ ކަމަށް ބެލެވޭ ބޭސްތަކުގައި ތިބި އެމެރިކާ ސިފައިންވެސް މިހާރުވަނީ ދުރަށް ގެންގޮސްފައެވެ.
އަދި ގަލްފްގެ ގައުމުތަކުގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި، އޮފިޝަލުންނާއި އެމީހުންގެ އާއިލާތަށްވެސް މިހާރުވަނީ އެގައުމުތަކުން ބޭރުކޮށްފައެވެ.
އީރާނަށް ހަމަލާދިނުމުގެ ޕްލޭނާބެހޭ މައުލޫމާތު ޓްރަމްޕާ ހިއްސާކޮށްފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.