އިންޑިއާގެ ޓްރިވެންޑްރަމުން ގެއްލުނު ދިވެއްސަކު ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ ރ. މީދޫ އަލީ އިބްރާހީމް ނަމަކަށް ކިޔާ މީހެކެވެ.
އާންނަމުންނަމަ (އައްޔަބެ) ގެއްލިގެން ހޯދަމުންދާކަން ރ. މީދޫ ކައުންސިލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައިވާ ގޮތުން އަލީ އިބްރާހީމް ގެއްލިފައި ވަނީ ރޭ 5:30 ގެ ފަހުންނެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ނުވަތަ ފެނިއްޖެނަމަ، ލަސްނުކޮށް އާއިލާއަށް އެންގުމަށް ވަނީ އެދިފައެވެ. އެގޮތުން ވާޓްސްއަޕް ނުވަތަ ވައިބާ މެދުވެރިކޮށް 9129561 ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އާއިލާއިން އެދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.