ރ. މީދޫ ބަނދަރު ތަރައްޤީކުރުުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރު ހަވާލުވިއރުވެސް އެރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިއޮތްކަމަށެވެ. އެހެންމަވެސް އޭރު ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުން ބޭނުންވާގޮތަށް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަހަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭގޮތަކަށެވެ.

އިޝްތިހާރު އިޝްތިހާރު

އަދި މީދޫއަކީ މަސްވެރިންކަން ކުރިއަރާފައިވާ ރަށެއްކަމަށާ ގިނަ އަދަދެއްގެ މަސްދޯނިތައް އޮތް ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބަނދަރު ތަރައްޤީކުރާނީ ދިގުމުއްދަތަކަށް ބޭނުންކުރެވެ ގޮތަށްކަމަށެވެ.

މި މަޝްރޫޢު އަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ދާދިއަވަހަށް މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާ ބާރުދުވެލީގެ މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މީދުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް އެ އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި އުއްދޫ ހަމަޖައްސަވާފައެވެ.