ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީދޫ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން ވެލި ބަންޑުޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 08 30 at 14.11.33
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރ. މީދޫ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ވަށައިގެން ވެލި ބަންޑުޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.

މި މަޝްރޫއަކީ މީދޫގެ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މަސައްކަތް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ކޮންޓްރެކްޓަރު ބުނީ، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކުގެ ތެރެއިން ވެލި ބަންޑުޖެހުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

ވެލި ބަންޑުޖެހުމުގެ މައިގަނޑު ބޭނުމަކީ ބިން ހިއްކުމުގެ ތެރޭގައި އެޅޭ ވެލިތައް ކަނޑަށް ގިރައިގެންދިޔަނުދީ އެ ސަރަހައްދުގައި ހިފެހެއްޓުމާއި، ތިމާވެށްޓަށް ލިބޭނެ މާހައުލީ އަސަރުތައް ކުޑަކުރުމެވެ. މި މަސައްކަތް ނިމުމުން، ބިން ހިއްކުމަށް ބޭނުންވާ ފަސްއެޅުމުގެ މައިގަނޑު މަސައްކަތްތައް ފެށިގެންދާނެއެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން މީދޫގެ ބިން ހިއްކުމުގެ އިތުރުން، ހިއްކާ ސަރަހައްދު ގިރުމުން ސަލާމަތްކުރުމަށްޓަކައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެކި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިވެގެންދާނެ މަޝްރޫއެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 03 at 09.08.41

ފޯކައިދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަންގެ މަސައްކަތްތައް ފަށައިފި

maafushi

މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

WhatsApp Image 2026 09 02 at 16.17.39

ދަރަބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

WhatsApp Image 2026 09 02 at 16.17.38

މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި