އެމްޓީސީސީން އެކުންފުނީގެ ޓްރެއިނަރުންނަށް ހާއްސަ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
ޓީމް އެމްޓީސީސީން ވަނީ އޮކްޓޯބަރު މަހުގެ 10 އިން 21 އަށް ޓްރޭނިންގ އޮފް ޓްރޭނަރސް (ޓީއޯޓީ) 2026 ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައި ކަމަށް އެކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިވެ އެވެ.
50 ގަޑިއިރުގެ މި ޕްރޮގްރާމްގައި 12 ބައިވެރިންނާއެކު ކުރިއަށް ގެންދިޔައީ އިތުބާރު ހުރި އަދި ގާބިލް އިން-ހައުސް ޓްރެއިނަރުން ބިނާކުރުމަށް ފަރުމާކޮށްފައިވާ ޕްރެކްޓިކަލް ލާނިން ސެޝަނެއް ކަމަށް އެމްޓީސީސީން ބުންޏެވެ. ބައިވެރިންނަށް އުނގެނުމުގެ ކޮންޓެންޓް ޕްލޭންކުރުމާއި، މައުޟޫއުތައް ޢިލްމާއި ހުނަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތަކަށް ބަހާލުމާއި، އެކި މަޤްޞަދުގައި ސެޝަންތައް ކުރިއަށްގެންދިއުމާއި، ސާފުކޮށް މުޢާމަލާތްކުރުމާއި، އުނގެނުމުގެ ކޮންޓެންޓް ޝާމިލުކުރުމާއި، މާނަހުރި ތަމްރީން ހަރަކާތްތައް ފަރުމާކުރުމުގެ ހުނަރުތައް ތަރައްޤީކޮށްފައިވެ އެވެ.
އެމްޓީސީސީން ބުނީ މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް އެމީހުންގެ ވާހަކަދެއްކުމުގެ ހުނަރު ފަރިތަކޮށް، ފީޑްބެކް ލިބުމާއި، ފައިދާހުރި، ދަރިވަރުން މަރުކަޒުކޮށްފައިވާ ތަޖުރިބާތައް އުފެއްދުމުގެ ގާބިލުކަން ހަރުދަނާކުރުމުގެ ފުރުސަތުތައް ލިބިގެންދިޔަ ކަމަށެވެ. މިއީ އެމްޓީސީސީން އެކުންފުނީގެ މުވައްޒަފުން ތަރައްގީކޮށް، އެ ޖަމިއްޔާގެ ތެރޭގައި ދެމިއޮންނަ ތަމްރީނާ ގާބިލުކަން ބިނާކުރުމަށް ކުރާ ވައުދު ދައްކުވައިދޭ ކަމެއްގެ ގޮތުގައި އެކުންފުނިން ސިފަކޮށްފައިވެ އެވެ.
މި ޕްރޮގްރާމްގައި އެމްޓީސީސީގެ އިން-ހައުސް ޓްރެއިނަރުން ކަމަށްވާ ފަހުދުއްލާ ޔާމީން، މުހައްމަދު ހަލީމް ހަސަން، އިސްމާއިލް ޝަހުޒާން ހަމީދު، އަބްދުالله ޒިދާން ސައީދު، ސާމިހު ޝަހެނާޒް އަދި ރިޝްވާން ލަތީފް ވަނީ ބައިވެރިވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.