ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

Oo
TTH_Ads
STO_Ads

ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުންދިޔައީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވާކަމަށެވެ. އަދި އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 20:48 ހާއިރެވެ. އަދި އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ ރޭ ފަތިހުގެ ވަގުތެެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި ދަތުރަށް، ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

Maldivian_Ads

އިޤްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، މިކަމުގައިއެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ހުޅުމާލެ ފުލުހުންނަށް ފަށައިފި

43

އަދަދު ނޫހުގެ ފިޔާޒު އާއި ހަސަން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

88887

ހުޅުދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

43

ފުލުހުންގެ ކޮންމެ ދާއިރާއަކުންވެސް ފެންނަނީ އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަން: ސީޕީ