މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ގަނެ އެ ތެލަށް ޚިޔާނާތްތެރިވި މައްސަލާގަައި ދެ މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

ދައުލަތުން ވަނީ މި މައްސަލާގައި ސ. ފޭދޫ ވާރުގޭ މުހައްމަދު އައިމަން އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށް ހިިޔާނާތްތެރިވުމާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔެކިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުުރުމުގެ ދައުވާ އުފުލާފަ އެވެ.

މި މައްސަލާގައި ދައުލަތުން ބުނީ އައިމަން، 2019 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރެ އެފްއެސްއެމް އިން އެމްޕީއެލަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި އެ ކުންފުންޏަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް ޖަނަވަރީ 13، 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓް ބަލައިގަނެ ސޮއިކުރުމަށް ފަހު އެމްޕީއެލަށް ލިބިފައި ނެތް 783،100 ލީޓަރުގެ ޑީސަލް ލިބިފައިވަ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި އެ ޑީސަލަށްވާ 6,799,800 ރުފިޔާ އެފްއެސްއެމަށް ދައްކައި ޖުމްލަ 783,100 ލީޓަރުގެ ޑީސަލަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި ދެ ދައުވާ ވެސް އެ ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހިިޔާނާތްތެރިވި މައްސަލާގައި އުފުލި ދައުވާގެ އަދަބެއްގެ ގޮތުން 8 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެނގިހުރެ ސައްހަ ނޫން ލިޔެކިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން މި މައްސަލާގައި ހިޔާނާތްތެރިވި 783,100 ލީޓަރުގެ ޑީސަލަށްވާ 6,799,800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވަނީ އަންގާފަ އެވެ.