ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 1594 ކޮންޓެއިނަރގެ މުދާ ކްލިއާކުރި

MPL
މާލޭގެ ވިޔަފާރި ބަނދަރު
TTH_Ads
STO_Ads
Maldivian_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފުތާގައި އެކަނިވެސް 1594 ކޮންޓެއިނަރގެ މުދާ ކްލިއާ ކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ގިނައީ އަސާސީ ކާބޯތަކެތި ކަމަށްވާ ބިހާއި ފިޔަލެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 4 އިން 10 އަށް، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ކޮންޓެރިނަރ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން 1223 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 371 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި ‘ކޮންސައިންމަންޓްސް’ ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ކްލިއަރެންސް ދިން މިންވަރަށް ބަލާއިރު ޖުމުލަ 44،181.43 ޓަނުގެ މުދާ ކްލިއާ ކޮށްފައިވެއެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 40،672.84 ފްރައިޓް ޓަނުގެ މުދާވަނީ ކްލިއާ ކޮށްފައެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 3،508.59 ފްރައިޓް ޓަނުގެ މުދާވަނީ، ކްލިއާ ކޮށްފައެވެ.

HajjCop_ads
Advertisement

މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފުތާގައި އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 2 ބޯޓާއި، އާންމު މުދާ އުފުލާ 3 ބޯޓު އައިސްފައިވެއެވެ. ފުރި އުޅަނދުތަކަށް ބަލާއިރު، ކޮންޓެއިނަރ އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 6 ބޯޓު މާލޭ ވިޔަފާރި ބަނދަރުން ފުރާފައިވެއެވެ.

ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު ބޭލި ކޮންޓެއިނަރުގެ އަދަދަކީ، 1،932 އެވެ. އަދި ބޭރުކުރި ކޮންޓެއިނަރުގެ އަދަދަކީ، 1،514 އެވެ. ޖުމްލަ އޮޕަރޭޝަނަކީ، 3،446 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މޭވާއާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ މުދަލުގެ 51،751 ޕެކޭޖުވަނީ، ކުލިއާ ކޮށްފައެވެ.

އެންމެ ގިނައިން ކުލިއަރކުރި އަސާސީ ކާބޯތަކެތީގެ ބާވަތްތައް:
* ބިސް: 15،692 ކޭސް
* ފިޔާ: 10،410 ބަސްތާ
* ކަރާ: 5،977 ކޭސް
* އަލުވި: 4،563 ބަސްތާ
* ޓޮމާޓޯ: 3،077 ކޭސް

ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ، ހަލުވި ކަމާއިއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ހުޅުވައި، ޚިދުމަތްދިނުމެވެ. މިއާއިއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް މިއަދު ފަށައިފި

MPL CEO

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ އިންޤިލާބީ ބަދަލެއް: ޝަފީޤް

އެމްޕީއެލްގެ ބްރޮންޒް ސްޕޮންސަރަކަށް ސާސޭ ކޮންސްޓްރަކްޝަން ހަމަޖައްސައިފި

ތިލަފުށީގައި ޕޯޓް އޮޕަރޭޝަން ނޮވެމްބަރަށް ނިންމަން އަމާޒު ހިފާފައި