ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދު: ވެމްކޯ

wamco
TTH_Ads
STO_Ads
Maldivian_Ads
Advertisement

މިދިޔަ އަހަރުތަކާ އަޅާބަލާއިރު، ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު ބޮޑުތަނުން މަދުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފިއެވެ.

ވެމްކޯއިން ބުނި ގޮތުގައި، ކުރީ އަހަރުތަކާ ޚިލާފަށް މިހާރު ޤަވާއިދާ އެއްގޮތަށް ކުނި ނެރުމުގައި އާންމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދެއެވެ.

ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ ސެންޓްރަލް އޮޕަރޭޝަންސް ޢަބްދުﷲ ޝިނާން ވިދާޅުވީ، މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދުވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ހުޅުމާލެއަށް ޚާއްޞަ އިންތިޒާމުތަކެއް
ހުޅުމާލޭގައި ކުނި އުކާލުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޝިނާން ވިދާޅުވީ، ވެމްކޯގެ ވެހިކަލް ފްލީޓާއި ކެޕޭސިޓީ ހުރި މިންވަރަކުން މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ރޯދަ މަހު ހުޅުމާލެއަށް ޚާއްޞަ ކޮށްގެން ވެމްކޯގެ “ކޯލް އެންޑް ޕިކަޕް” ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލޭގެ 4000 ހައުސިން ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަ އިންތިޒާމުތަކެއް ވެސް ދަނީ ހަމަޖައްސަމުންނެވެ.

ޝިނާން ވިދާޅުވީ، “ރައްޔިތުން ބަދަލުވާއިރު މި އުފައްދާ ނުވަތަ އުފެދޭ ބަލްކީ ވޭސްޓްގެ ގޮތުގައި މި އަންނަ ހުސް ފޮށިގަނޑު އަދި ލަކުޑި ކަމުގައި ވިޔަސް މި ޒާތުގެ ކުނި ނެގޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސައިގެން މިހާރު މި ކުރިޔަށް ދަނީ،” ކަމަށެވެ.

މި ރަމަޟާން މަހު ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

މާލެ: ރޭގަނޑު 20:30 އިން 02:00 އަށް
ހުޅުމާލެ: ރޭގަނޑު 21:00 އިން 02:30 އަށް
ވިލިމާލެ: ރޭގަނޑު 21:00 އިން 01:00 އަށް
ވެމްކޯއިން ވަނީ މި ގަޑިތަކަށް ސަމާލުކަން ދީގެން ކުނި ނެރުމަށް ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

ވެމްކޯގެ އިދާރީ ޚިދުމަތްތައް އެޕް މެދުވެރިކޮށް ހޯދޭ ގޮތް ހަދައިފި

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ