ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެމްކޯ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ތިލަފުށި ވެމްކޯ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން  ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވެމްކޯ ތިލަފުށި ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙްއެވެ. މި ރަސްމިއްޔާތުގައި، ޗިފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއް ރަޙްމާން ޒިހުނީއާއި ވެމްކޯގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙު ދެއްކެވި ވާހަކަ ފުޅުގައި، މި ޕްރޮގްރާމުގެ މުހިންމުކަމާއި މިޕްރޮގުރާމުން ބައިވެރިންނަށް އުގަންނައި ދެއްވި މައުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޑިއުޓީތަކަށް ދާއިރު ނިދިހަމަކޮށް ރަނގަޅަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކަކީ ކޮންމެ ފަރުދަކަށް ވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިފަދަ ޕްރޮގްރާމުތައް ހިންގުމުގައި ވެމްކޯއިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

HajjCop_ads
Advertisement

ތިލަފުށީގައި ޑްރައިވަރުންގެ ގޮތުގައި މަސައްކަތްކުރާ ވެމްކޯ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްގަމު ދަތުރުފަތުރުގެ އާންމު ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ޑްރައިވަރުން އުޅަނދު ދުއްވާއިރު ހާއްސަ ސަމާލުކަމެއްދޭންޖެހޭ ކަންކަމާއި ދަތުރަށް ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން 2026 އޮގަސްޓު 31 ވަނަ ދުވަހު ގެޒެޓްކޮށް 30 ދުވަސް ފަހުން އަމަލުކުރުމަށް ހަމަޖެހިފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު: 16/2026) އަށް އަހުލުވެރިކުރުމަށް މި ގާނޫނުގެ މުހިންމު ބައިތައް ވެސް ޕްރޮގްރާމުގައި ކިޔައިދީފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

ވެމްކޯގެ އިދާރީ ޚިދުމަތްތައް އެޕް މެދުވެރިކޮށް ހޯދޭ ގޮތް ހަދައިފި

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ