ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމަށް މި މަހު 8 ވަނަ ދުވަހު ވެމްކޯ ހުޅުމާލެ ސްޓޭޝަނުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން އެންޑް ކޯޑިނޭޝަން ސެންޓަރުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ.

މި ރަސްމިއްޔާތުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުގެ މުހިންމުކަމާއި ބައިވެރިންނަށް އުނގަންނައިދިން މައުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކަކީ ކޮންމެ ފަރުދަކު ވެސް އަމަލުކުރަންޖެހޭ ގަވާއިދުތަކެއްކަން ފާހަގަކުރައްވައި، މިފަދަ ޕްރޮގްރާމުތައް ހިންގުމުގައި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

HajjCop_ads
Advertisement

ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ އެވެއަރނެސް އެންޑް ޕްރިވެންޝަނާއި، ވެމްކޯ އެކަޑަމީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ވެމްކޯގެ 83 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓު 31 އިން ސެޕްޓެމްބަރު 8 އަށެވެ.

މި ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްގަމު ދަތުރުފަތުރުގެ އާންމު ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.މި ޕްރޮގްރާމްގައި، ޑްރައިވަރުން އުުޅަނދު ދުއްވާއިރު އަދި ދަތުރަށް ތައްޔާރުވުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، 2026 އޮގަސްޓް 31 ވަނަ ދުވަހު ގެޒެޓްކޮށް 30 ދުވަސް ފަހުން އަމަލުކުރުމަށް ހަމަޖެހިފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު: 16/2026) އަށް އަހުލުވެރިކުރުވުމުގެ ގޮތުން، ގާނޫނުގެ މުހިންމު ބައިތައް ވެސް ޕްރޮގްރާމުގައި ކިޔައިދީފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެމްކޯގެ އިދާރީ ޚިދުމަތްތައް އެޕް މެދުވެރިކޮށް ހޯދޭ ގޮތް ހަދައިފި

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް