ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި މިހާރު ގާކުނޑި އުކޭނެ

wamco
Maldivian_Ads
STO_Ads
TTH_Ads
Advertisement

އަމިއްލަ އުޅަނދުފަހަރުގައި އެއްވެސް ލިމިޓެއް ނެތި އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަމަޖައްސައިފިއެވެ.

ވެމްކޯއިން ހާމަކުރި ގޮތުގައި، މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގާކުނޑި އުކާލުމުގައި ދިމާވާ ދަތިތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް އެ ކޯޕަރޭޝަނަށް ވަނީ ލިބިފައެވެ.

އެހެންކަމުން، މި ހިދުމަތް މިހާރަށްވުރެ ހަލުވި އަދި ލުއިފަސޭހަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، މިއަދުން ފެށިގެން އަމިއްލަ އުޅަނދުތަކުގައި ވެމްކޯގެ މާލެ އަދި ހުޅުމާލޭގެ ރިސޯސް ރިކަވަރީ ފެސިލިޓީތަކަށް ގާކުނޑި ގެންގޮސްގެން، އެއްވެސް ލިމިޓެއް ނެތި އުކާލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިގޮތަށް ގެންނަ ކުނި ހުންނަންވާނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަކިކޮށްފައި ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.

މި ގެނެވުނު ބަދަލުގެ ސަބަބުން، އާންމު ރައްޔިތުންނަށް ގާކުނޑި އުކާލުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

HajjCop_ads
Advertisement

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Ahmed
Kuni ukan undhagoo kuraneeves hama mi meehun.

ގުޅުންހުރި

ވެމްކޯ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

ވެމްކޯގެ އިދާރީ ޚިދުމަތްތައް އެޕް މެދުވެރިކޮށް ހޯދޭ ގޮތް ހަދައިފި

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި