މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކަމުން ދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ފޮޓޯތަކާއެކު އެކްސްގައި ރައީސް މުއިއްޒު ވިދާޅުވީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ގިރާވަރުފަޅުން 169 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އަދި މިހާތަނަށް އެތަނުން ހިއްކިފައި އޮތީ 56 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އިތުރު 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަންޖެހެއެވެ. ދެން ހިއްކަން ހަމަޖެހިފައި ވަނީ ފުން ސަރަހައްދުތަކެވެ.
Dr Mohamed Muizzu@MMuizzuގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށް.



ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިންމުމެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ލިބުނު ގޯތި ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމަށްވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުން 1،250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯއްޗާއި، 2050 އަކަފޫޓުގެ 254 ގޯތީގެ އިތުރަށް 2450 އަކަފޫޓުގެ އެއް ގޯތި ދޫކޮށްފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.