އޮސްޓްރޭލިއާގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޮސްޓްރޭލިއާގެ ގަވަނާ ޖެނެރަލް ސަމާންތާ ޖޯއި މޮސްޓިންއާއި ބޮޑުވަޒީރު އެންތަނީ އަލްބަނީސްއަށާއި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުނަށް "އޮސްޓްރޭލިއާ ޑޭ" ގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް މުއިއްޒުގެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްގީގެ ގާތް ބައިވެރިއެއް ކަމަށެވެ. އަދި އެކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރާކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން އޮސްޓްރޭލިއާއަށް ކުރިއެރުމާއި ތަނަވަސްކަމުގެ އައު އުސްމިންތަކެއް ހާސިލުވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޮސްޓްރޭލިއާ ޑޭ" ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ.