ކުޑަ އާމްދަނީއެއް ލިބޭ މީހުންނަށް ޚާއްޞަ ޢާންމު ޞިއްޙީ އިންޝުއަރަންސް ޕްރޮގްރާމެއް ކަމަށްވާ މެޑިކެއިޑްގެ ޚިދުމަތް ހޯދާ ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުން، މަސައްކަތް ކުރުމުން އިސްތިސްނާވުމަށްޓަކައި އެމީހުންނަކީ "ޞިއްޙީ ގޮތުން ނިކަމެތި" ބައެއްކަން ސާބިތުކޮށްދޭން ޖެހޭގޮތަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލި އައު ގަވާއިދަކަށް ޢަމަލުކުރުން ހުއްޓުވުމަށް ފެޑެރަލް ފަނޑިޔާރަކު ޙުކުމް ކުރައްވައިފިއެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ރިޗަޑް ސްޓަރންސް މި ގަވާއިދު ހުއްޓުވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އޭނާ މި ޙުކުމް ނެރުއްވީ 25 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއާ އެއްކޮޅަށެވެ. އެ ފަރާތްތަކުން ޖޫން މަހު ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދަޢުވާކުރީ، މި ބަދަލުގެ ސަބަބުން ސީރިއަސް ޞިއްޙީ މައްސަލަތައް ހުންނަ މީހުންނަށް ލިބޭ އިސްތިސްނާތައް ޤާނޫނާ ޚިލާފަށް ހަނިވެގެންދާ ކަމަށް ބުނެއެވެ.

އިޝްތިހާރު އިޝްތިހާރު