ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުޙައްމަދު ޢާދިލް (57އ) ކަމަށެވެ.

މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހު އެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހު އެވެ.

އިޝްތިހާރު އިޝްތިހާރު

އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

އެނގިފައިވާގޮތުގައި އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުންޏަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިޔަފާރި ހިންގާ ކުންފުންޏެކެވެ.

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަސްޓަމްސް އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.