ހުޅުމާލެ  ފޭސް އެކަކުން ދިރިއުޅެން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް އުނިކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް އެކަކުން ދޫކޮށްފައިވާ ބައެއް ގޯތިތަކަކީ ގުރުއަތުލައިގެން ޕޮއިންޓް އުސޫލުން ދޫކޮށްފައިވާ ގޯތިތަކެކެވެ. އެ ގޯތިތައް ދޫކުރީ ދިރިއުޅުމަށް އާންމު އަގުތަކަށް ވުރެ ކުޑަ އަގެއްގަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޫކޮށްފައިވާ ގޯތިތަކެވެ.

ފޭސް އެކެއްގެ ރައްޔިތުުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފޭސް އެކަކުން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އެގްރީމަންޓްގައި ހިމެނޭ އަގުން ބައެއް އުނިކޮށް ދެއްވާނެ ކަމަށެވެ. އެގޮތުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން ރައީސް ވަނީ ހުޅުމާލެ ދެ ފޭސްގައިވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވާނެ ކަަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް 10 ބުރިއަށް ގެ އަޅާނަމަ ތިރީ ފްލޯގައި ޕާކިން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ދިރިއުޅުން ނޫން ބޭނުމަކަށް އެއް ފްލޯ ބޭނުން ކުރަން ޖެހޭނެ ވެސް ވިދާޅުވިއެވެ.