ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

Dd
TTH_Ads
STO_Ads
Advertisement

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މެދުގައި،  ދިވެހިރާއްޖޭގެ ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ގައުމީ ޔުނިވަސިޓީގެ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހީމް ވަހީދެވެ. ގައުމީ ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ.ޢާއިޝަތު ޝެހެނާޒެވެ.

މި ފަހުމުނާމާގެ ދަށުން ގައުމީ ޔުނިވަސިޓީގެ ފަރާތުން މިނިސްޓްރީން ހިންގާ ޕްރޮގުރާމުތަކަށް ޔުނިވަސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއެކު، މިނިސްޓްރީން ހިންގާ އެކި ބާވަތުގެ ޕްރޮގުރާމުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރުމުގައި ފަންނީ ގޮތުން އެހީތެރިވާނެއެވެ.

MMA_Ads
HajjCop_ads
Advertisement

 ދިވެހިރާއްޖޭގެ ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ހޯދުމުގައިވެސް މިނިސްޓްރީއަށް ގައުމީ ޔުނިވަސިޓީގެ އެހީތެރިކަން ލިބޭނެއެވެ.

މި ފަހުމުނާމާގެ ދަށުން ޔުނިވަސިޓީގެ ޕްރޮގުރާމުތަކުގައި ބައިވެރިވާނެ މީހުން ހޯދުމާއި، މީޑިޔާއާ ގުޅުންހުރި ޕްރޮގުރާމުތަކުގެ ކޯސް ފީތަކުގެ ވަކި ނިސްބަތެއް ދައްކައިދިނުން ފަދަ ހިދުމަތްތައް މިނިސްޓްރީން ފޯރުކޮށްދޭން ހަމަޖެހިގެންދާނެ ކަމުގައި ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަަށުން، ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އާޓްސްއާއެކު އެއްބަސްވެވުނު ކަންކަކަމުގެ ތެރޭގައި ފަސް ޕްރޮގުރާމެއް ކުރިއަށްގެންދިއުން ހިމެނޭ ކަމަށެވެ.

އެގޮތުން ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ފެންވަރުގެ ޕްރޮގުރާމެއް ގައުމީ ޔުނިވަސިޓީ ފެށުމާއެކު، ކުރު ކޯސްތަކާއި، ޑިގުރީ އަދި ފައުންޑޭޝަން ކޯސްތައް ހިންގުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު އެދިވަޑައިގެންފައިވަނީ ވީހާވެސް ގިނަ ނޫސްވެރިން މި ފުރުސަތުތަކުގެ ބޭނުން ހިފުމަށެވެ.

ރާއްޖޭގެ ނޫސްވެރިންގެ ތެރެއިން ގިނަ ނޫސްވެރިންނަކީ ސްކޫލު ނިމުމާއެކު އެ ދާއިރާގައި މަސައްކަތް ކުރަން ފަށައި، މަސައްކަތުގެ ތެރެއިން ނޫސްވެރިކަމުގެ ހުނަރާއި އިލްމު ހާސިލުކުރާ މީހުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޔުނިވަސިޓީން ހިންގާ ޕްރޮގުރާމުތަކުން ތަަފާތު އިލްމުތަކާއި ހުނަރުތަައް ލިބޭނެކަމަށާއި، އެކަމުގެ ސަބަަބުން ފަހުން ނޫސްވެރިން އުފައްދާ ކޮންޓެންޓުގެ ފެންވަރަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

“އަޅުގަނޑު ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާނަމަ ދަންނަވާނީ މި ޕޮރޮގުރާމުތަކުގައި ބައިވެރިވާށޭ، ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތު ވާނެ، ތިބޭފުޅުންނަށް އެނގޭ މިންވަރު ތަފާތު ވާނެ، ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާއި ލިޔާ އެއްޗާއި ހަމަ ތަފާތުވާނެ.،” މިނިސްޓަރު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔޫތު ލީޑަރޝިޕް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

988

ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމަށް އަޝްފާން ބަދަލުކޮށްފި

Img md 202604120918581775967538.7267

“ސްކިލްއަޕް ޔޫތު” ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި

Mm

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި