ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީންގެ މަގާމަށް، ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޒުލައިހާ ރީޝާ ރަޝާދު އައްޔަންކުރައްވައިފިއެވެ.
މި އައްޔަންކުރުމަކީ އެ ފެކަލްޓީގެ އެކަޑެމިކް ލީޑަރޝިޕް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.
އެމްއެންޔޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރީޝާއަށް ވަނީ ޑީންކަމުގެ މަގާމުގެ ރަސްމީ ލިޔުން ހަވާލުކުރައްވާފައެވެ.

ރީޝާއަކީ ގައުމީ ޔުނިވަރސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، ތައުލީމީ ދާއިރާގެ ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން ދެހާސް ސައުވީސް ވަނަ އަހަރާއި ދެހާސް ސައްބީސް ވަނަ އަހަރާ ދެމެދު އެ ފެކަލްޓީގެ ލެކްޗަރާގެ މަގާމު އޭނާ ވަނީ ފުރުއްވާފައެވެ.
އޭގެ އިތުރުން ދެހާސް ސޯޅަ ވަނަ އަހަރާއި ދެހާސް އަށާރަ ވަނަ އަހަރާ ދެމެދު އަދި ދެހާސް ވިއްސި ވަނަ އަހަރާއި ދެހާސް ތޭވީސް ވަނަ އަހަރާ ދެމެދު އެސޯސިއޭޓް ލެކްޗަރާގެ މަގާމުވެސް ރީޝާ ވަނީ އަދާކުރައްވާފައެވެ.
ރީޝާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުސްތަގުބަލުގެ ލީޑަރުން ތަމްރީނުކުރުމާއި، އެ ދާއިރާގެ ތައުލީމީ ފެންވަރު ހަރުދަނާކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.










ކިޔުންތެރިންގެ ހިޔާލު